މިގައުމެއްގައި ސިޔާސީ ނުވެ މިއަދު އުޅެވޭ ކަށެއް ދެން ނެތް
މިގައުމުގެ ދިރުމަކަށް ޕާޓީ ނިޒާމުގެ ވިންދު ނޫނީ ނެތް
މިގައުމުގެ ކޮންމެ ސާޅީސް ހާހަކީ ޕާޓީއަކާ ފިކުރެއް،
މިގައުމުގެ ރައްޔިތެއް ވިއްޔާ، މިފިކުރާ ނުގުޅި ވާކަށް ނެތް
ވަކިން އަދި މައި ބަފައިން ގައިގާ ސިޔާސީ ކުލަ ޖެހެން ފެށުމުން،
ދަރިންނާ ކާފަ މާމަ ދަރިން ސިޔާސީނުވެ ވޭވޭކަށް ނެތް
ކަމެއް އަންގާލަ ދޭން ތިބި، ޝޭޚުނާ އުސްތާޒުނާ ގުޅިގެން،
ކަމެއް ހޯދަން ސިޔާސީ ހައްދު ފަހަނަ އެޅުން މެނޫނީ ނެތް
ލެއިން ގުޅިފައިވި ހުރިހާ ޢާއިލާ ތައްވެސް މިބަލިޖެހިގެން
ލެއިން ވާރުތަ ކުރާ ބައްޔެއް ކަމަށް ނޫނީ ބެލޭކަށް ނެތް
ނިދާ އެނދު ގޮދަޑިއާ ބެޑްޝީޓު ބާލީހަށް މިބަލި ޖެހިގެން،
ނިދާލަން އެނދުމަތީގައި ވެސް ލިބޭ އުފަލެއް އަރާމެއް ނެތް
މަގެއްގެ މަތިން ހުރަސް ކުރިޔަސް ގަލެއްގެ މަތިން ގިރާކުރި އަސް
ފަތެއް ގަހަކުން ނުކުތް ނަމަވެސް ސިޔާސީ ކުލަނުޖެހި އެއް ނެތް
ވަޔާއި ކަނޑާއި އެއްގަމުގައި ދަތުރު ފަތުރުގެ އުޅަނދު ތަކުގައި
ޖަހާ އެކިކުލަ ނިޝާނުން ވެސް ސިޔާސީ ފިކުރު ނޫނީ ނެތް
ހަދާ ގެދޮރާއި ފާޚާނާ ސިޓިންގ ރޫމާއި ބަދިގޭގައި
ޖަހާ މުށިވެސް އުޅޭ ޕާޓީގެ ކުލަޔާ މެޗް ނުކޮށް ވާން ނެތް
"އަތާ އަނގަޔާ ދިމާ ކުރުމަށް" މަގާމާ ޢިއްޒަތާ ހޯދަން،
ލަދާއި ތަދާ ދުރަށްލާފައި ހަލާކު ތެރަށް ނުވަދެ ވާން ނެތް
ސިޔާސީނުވެ އުޅޭނެންޏާ އެހެން ގައުމެއްގެ ހޮސްޕިޓަލުން،
"ސިޔާސީ ކެންސަރަށް" ބޭހެއް ކުރުން ނޫނީ ގޮތެއް ދެން
