ބީވެގެން ދިޔައީ ދުވަސް، މާޒީގެ ޗޭނާ ގުޅުވަމުން
ހީވެދާނޭ މާދަމާއެއް އަދި ލިބޭނޭ ހޯދުމުން
ނުކުރެވޭ ގިނަ ކަންކަމާ، ކުރިޔަށް ކުރަންހުރި ކަންކަމާ
ރުކުރުވައި ތަރުތީބުކުރުމީ އޮތްގޮތޭ ބުނެ އަންގަމުން
ތަދުތަކާ ވޭނާ ތުރާތައް ހިތުތެރޭ އާބާދުކޮށް
މަދަދުވެރިވާނޭ ފަރާތަށް މޫނު ތިޔަ އަނބުރާލަމުން
ރޯދި ބަރަކާތުން ތިމާއަށް، ހެޔޮގޮތެއް ވާނޭ ހިތާ
ހޯދި ޢިލްމާ ހުނަރުތައް ހިޔަނީތެރޭ ފޮރުވާލަމުން
ފަޢުޅުވާ ހެކިތައް ލޮލަށް ފެނުނަސް ވަމުން ކަނުމީހަކަށް
ދަޢުވަތަށް އެކި ގޮތްގޮތަށް ޢަމަލާ ބަހުން ފުރަގަސްދެމުން
އާރަކާ ބާރެއް ނުވާކަން މަރު އައީމާ އެނގުނަކަސް
ފާރަވެރިއެއް ނުވެވި މީހާ މަޖަލުގައި ގަބަރާވަމުން
