Support Us

މިނޫން ގޮތެއް އަދިނެތް

ހިތާމަތަކާއި ވޭނުން ރޮއެ ކަރުނަ ދެލޮލުން ހިކޭކަށް ނެތް
ހިތާނަފުސަށް އިތުރު އުފަލެއް މިގައުމާމެދު ލިބޭކަށް ނެތް

މިތަނުގައި ދެން އަލުން މުސްތަގްބަލެއް ފެންނާކަށެއްވެސް ނެތް
މިކަމުގައި ލޯބިވާ ގައުމަށް ކުރާކަށް ޚިދްމަތެއް ވެސް ނެތް

ނުބައި ޢަމަލާ ނުބައި ރޭވުންތަކުން މުޅި ގައުމު ނިމިދާއިރު
ނުބައި ރަނގަޅަށް ބަދަލު ކޮށްލަން އެހީވާނޭ ބަޔަކު އަދު ނެތް

އެމީހަކު އަތު ޖެހުނު ތަނަކުން އެމީހަކު އަތުޖެހުނު އެއްޗެއް
ދެމީހަކު އެކުވެގެން ކޮށްފައި ވިޔާދާ އެއް ކަމެއްވެސް ނެތް

ރަނގަޅުކޮށްލަން އުޅޭވެރިޔެއް އެހެން އުޅެ "ގޭނިގެން ދިއަޔަސް"
ރަނގަޅު ކަމަކަށް އެހީވާނޭ ބަޔަކު ގައުމެއް ގައެއް ވެސް ނެތް

ކަމެއް ގޯސްކޮށް ހިނގައިގެން ގޮސް ކަމެއް ރަނގަށް ބަލާއިރުގައި
ކަމެއްގައި ތިބި ބަޔަކު އެކަމުން ސަލާމަތްވާކަށެއްވެސް ނެތް

ނަޒާޙަތްތެރި ރަނގަޅު ވެރިޔެއް މިގައުމުގެ ވެރިކަމަށް ލިބުނަސް،
އަމާނާތްތެރި ކަމާއެކުގައި އެހީތެރިވާން ބަޔަކު އަދު ނެތް

މިގައުމުގެ ޝާން ޝައުކަތު ގެއްލިގޮސް ދުނިޔޭގެ މަސްރަޙްގައި
މި ވަޠަނަށް ލޯބި އޮތަކަސް ދެން މިތާ އުޅެވޭކަށެއް ވެސް ނެތް

މިއަދު މިއުޅޭ ބަޔަކު ބޭނުން ނުކޮށް ވާނޭ ގޮތެއްވެސް ނެތް،
މިއަދު މިއުޅޭ ބަޔަކު ލައިގެން ހިނގޭނޭ ކުރިމަގެއްވެސް ނެތް

މިޖީލު ވަނީ ނުބައި ޢަމަލާ ފަސާދަތަކުން ހަލާކުވެގޮސް،
މިޖީލު މިތާ އެކީ ނެތިގޮސް މެ ނޫނީ ރަނގަޅުވާކަށް ނެތް

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *