Support Us

ނެތޭ މިކަމަކަށް ޖަވާބު ލިބުމެއް

ކޮބައިތަ ފެށުމެއް، ކޮބައިތަ ނިމުމެއް، ނެތޭ މިކަމަކަށް ޖަވާބު ލިބުމެއް
ކޮބައިތަ ކުލުނެއް، ކޮބައިތަ ރަޙުމެއް، އޮތީ މިތަނުގައި ފަސާދަކުރުމެއް

ތިމާގެ މަސްލަހަތު ބަގުޑިލައިގެން، ދުވާލުގައިވެސް ދެ ލޯމަރައިގެން
ހިމާާޔަތެއް ނެތް މަގުން ހިނގޭއިރު، ނެތީހެ ހެޔޮގޮތް ޚިޔާރުކުރުމެއް

ކަތުންގެ ދެމެދަށް ވަދެއްޖެ ޒާތީ، އެދުންތަކާ ދުނިޔެވީ އުފާތައް
ހިތުން މި ޤައުމުގެ ފިލައިނުދިޔައޭ އެ ޙާލަތާއެކު އުފަންވި ރިހުމެއް

މިލައިފި ސުލްޙައިގެ މާ މި ޒާރުން، ޚަރީފުއައުމާ އެކީ ބަހާރުން
ހިލާ އެދުހު ފޮޅުނު ރީތި މާތައް މި ފަސްގަނޑުން ނެތް މިހާރު ފޮޅުމެއް

މިހެން ނިދާފައި މި ޖީލުއޮއްވާ، ލޮޅުންތަކުން ލައިފި ޤައުމު ރޮއްވާ
ބެހެން މި މިނިވަންކަމާ ދިނުން އޭ! ވަޠަންގެ ރުކުނާ ޚިލާފުވެވުމެއް

އަމާންކަމަށް ޖާގަ ނެތް ޒަމާނުން، އެ އާންމުކުރި ސިފަތަކެއްގެ ޒާތުން
ޖަމާޢަތާ ބިން މި ރޫޅިދާއިރު ނުވޭހެ އަސްލަށް ރުޖޫޢަވެވުމެއް

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *