ހަނދުވެސް އަރާ އޮއްސެން އަމުރު އަންނާނެ އޮންނާނޭ ގޮތެއް
ގެނބުރަށް ހިފާ އޮއިވަރު ދަމާ އޮންނާނެޔޭ ކޮންމެސް އަތެއް
އޮއްސޭއިރާ އުދަވާ ހަނދަށް ގޮސްތާކު ސައްލާކުރުމަކުން
ކޮސްވޭ ކިޔާ ފަލަކާ ފިލަން ގެނެވޭހެ އެއްވެސް ސާޢަތެއް
ދައްކާލި ކުލަ ރަން ދޯދިތައް ފައްކާވި ފަތިހަށް އިރު އެއީ
ރައްކާކުރާ ލޮނުގަނޑުތެރޭ ކުޑަހިނދުކޮޅެއްގެ އަމާނަތެއް
އެކުވާ ވިލާ ވިއްސާރަޔަށް ވާގޮތް ބަލާށޭ އުޑުމަތީ
ހެކިދޭނެ އިންޒާރާއެކީ ނަހަދާނެ އެއްވެސް ހީލަތެއް
ފޮރޮޅޭގޮތާ ދައުރާނަވުން އޮއިކާށި އޮއިވާއްޔާއި ކުނި
އުރެދޭން ވަޔާ އެތަކެތި ޖެހޭ އަންނާނެ އެތަކެއް ހާލަތެއް
ހިނގުމާ އުޞޫލާ ދަޢުރުވުން ޤާނޫނުގައި އެކިކަންކަމަށް
އެނގުމާއި ނޭނގުން ހިމެނިފައި ދުނިޔޭގެ އޮވެޔޭ ފިޠުރަތެއް