ދުނިޔެއަށް ވުރެ އަބަދުވެސް ދަންނާށެ ހަގުވާނޭ ތިމާ
ދުނިޔެއިން އެކިއެކިފަހަރު އެކި ކަންކަމާ ވާނޭދިމާ
ކަނު އަނދިރި ރޭތައް މިތާ ތަކުރާރުވިޔަކަސް އަލިވިލޭ!
ތަނުގެ ޠަބައީ ޒާތަކަށްވޭ، އިރުއެރުން، އިރުއޮއްސުމާ
ނިމުނު ތަން ދިން ޢިބްރަތުން ޙާސިލްވި ދަރެހެއް ނެތަމައީ
އިމްތިޙާނުގެ ވަގުތުގައި ޖެހިދާނެ އޮންނަންވެސް ހުމާ
އާދެޔޭ އެކިިގޮތްގޮތަށް ބައްދަލުކުރާ ޙާލަތުތަކެއް
އާދެ! ނުވެޔޭ އެއްގޮތެއް އަލި މެންދުރާ ،ފުރަމެންދަމާ
ހުރަހަށާ ދިގަށާ ދެމޭހާ ރޮނގުތަކުން މާޔޫސްވިނަމަ
ބުރަޔަކަށްވެ ޙަޔާތުގައި ދެން ނުލެވިދާނޭ ހިންދަމާ
އާދެޔޭ ތަކުލީފުތައް އެކަމާ ތިމާ ނުރުހުންވިޔަސް
ނާދެއޭ ދާއިމްވި ޙައްލެއް، ހުރުމަކުން އަދި ތުންދަމާ
ހިޔަނިވެސް ނާންނާނެ އެކުގައި އަލި ނުފޯރި ހިސާބަކަށް
ފިޔަދަމާލާ! އެކަނިވެސް ޖެހިދާނެ އުދުހެން މާދަމާ