އަޚުލާޤަކީ ނަފުސުގެ ދެ ފުށުގައިވާ ލަފާ ހެޔޮ ސިފަތަކޭ
އަޚުލާޤަކީ ނަފުސެއް މޮޅަށްމެ ކިރާލެވޭ މީޒާނެކޭ
އަޚުލާގަކީ ނަފުސެއްގެ އައިބު ނިވާކުރާ ފޭރާމެކޭ
އަޚުލާޤަކީ ނަފުސެއް އެއިން ޒީނަތްކުރާ ގަހަނާއެކޭ
ޢަޚުލާޤަކީ އެ އަލިން ޙަޔާތަށް އަލިކުރާ ފާނޫޒެކޭ
ޢަޚުލާޤަކީ ޤަދަރާ ޝަރަފު މަތިވެރިކުރާ ބުސްތާނެކޭ
އަޚުލާޤަކީ އިމާންކަމަށް މިސްރާބުދޭ ސަމްގާއެކޭ
އަޚުލާޤަކީ ޖާހިލުކަމުން ޠާހިރުކުރާ ފައްވާރެކޭ
އަޚުލާޤަކީ އެކުވެރިކަމުގެ ބޮޅުތައް ގަތާ ހަތިޔާރެކޭ
އަޚުލާޤަކީ ފިތުނައިގެ އަލިފާން ނިއްވަދޭ ފެންއާރެކޭ
އަޚުލާޤަކީ ޞުލްޙައިގެ ފިޔަގަނޑު ތިރިކުރާ ފީތާއެކޭ
އަޚުލާޤަކީ ރުޅިވެރިކަމުގެ ދުނި މަތަކުރާ އައްޑަނައެކޭ
އަޚުލާޤަކީ ތަނުގައި އަމާން ޤާއިމުކުރާ ފަނޑިޔާރެކޭ
އަޚުލާޤަކީ ވެށްޓެއް ކުށުން އެކަހެރިކުރާ ދުސްތޫރެކޭ
އަޚުލާޤަކީ ބުއްދީން ރަނގަޅު ގޮތް ކަނޑައަޅާ މޭސްތިރިއެކޭ
އަޚުލާޤަކީ ދެ ދުނިޔެ ލިބުން މަގުފަހިކުރާ ރާސްތާއެކޭ