އަތްތިލައިގައި ހިފުނުހިނދު ހަމަ ގަނޑުވެގޮސް ވިންދާއި ލޭ
ހިތްދެވިއްޖޭ އޭނައަށް އަދު ބަދަލަކާނުމެލައި ހިލޭ
ބާރުވެރި ސިހުރެއްފަދައިން ހިތް ލަންބުވާ ހަރަކާތްތަކަށް
ފާރަވެރި ނަޒަރުން ބެލީ ފަރިފަރި އަދާތައް ދުށް ލޮލޭ
ދޭނަމޭ ހުރިހާ އުފާ ފިރުމުންތަކާ ލޯތްބާ ވަފާ
ބޭނުމޭ! ޒާރުން އެއީ ބިނދެލަންކަމަށް ހިތުލީ މަލޭ
އިންތިހާ ލޯތްބާއެކީ ބަސްހުއްޓި ހިތް މަންމަންވުމުން
ވިންދަކީ މިވަގުތު ހިނގާ އިހުސާސުތައް ބުނެދޭ ދުލޭ
ހަމަ ތެދެއް! އިޝްޤީ މި ހޫނަށް އެދި ސަލާންޖެހި ޖިސްމުގައި
ހަމަހިމޭން މެންދަމުގެ ދެއަތުން އެޅި ރަޖާ އަދި މާ ބޮލޭ
މޭގެ ފުނުގައި އުފެދިއައި ޖަޒުބާތުގައި ހުރި އަސަރުތައް
ނޭނގެޔޭ ބުނެދޭކަށެއް އަހަރެން ވަރަށް މިކަމަށް އަލޭ