...

Support Us

ގާފަރުގައި ސްޓެލްކޯ އިން ގާއިމްކުރި ފެން ޕްލާންޓުން ރައްޔިތުންނަށް ފެން ދޫކުރަން ފަށައިފި

ކ. ގާފަރުގައި ސްޓެލްކޯ އިން ބަހައްޓާފައިވާ އާރް.އޯ ފެން ޕްލާންޓުން އާންމު ބޭނުމަށް ރަށު ރައްޔިތުންނަށް ފެން ދޫކުރަން ފަށައިފިއެވެ.

ސްޓެލްކޯ އިން ބުނީ ގާފަރުގައި މިވަގުތު ގާއިމްކޮށްފައިވާ ފެނުގެ ސިސްޓަމަކީ ގެތަކަށް ހޮޅި ގުޅާފައިވާ ސިސްޓަމަކަށް ނުވުމުން އާންމު ބޭނުންތަކަށް ފެންދޫކުރުމަށް ހަމަޖެހިފައިވަނީ ފެން ޕްލާންޓުގެ ބޭރުގައި ހަރުކޮށްފައިވާ ފެން އިސްކުރުން ކަމަށެވެ.

މި ގޮތުން ކޮންމެ ރައްޔިތަކަށްވެސް މި އުސޫލުގެ ދަށުން ދޫކުރެވޭނީ ދުވާލަކު ގިނަވެގެން 20 ލީޓަރުގެ ފެން ކަމަށާއި ފެން ދޫކުރުމަށް ހަމަޖެހިފައި ވަނީ ކޮންމެ ދުވަހަކުވެސް ހަވީރު ހަތަރަކުން ހަޔަކަށް ކަމުގައި ސްޓެލްކޯ އިން ބުނެއެވެ.