ތިމާޔަށް ބޮޑުކަމާ އިއްޒަތް ދެނީ ދުނިޔޭގެ ޢިބުރަތަށޭ
ދިމާއަށް ފެންނަ ކަންކަމުގައި، ވަނީ ސާބިތު ނިހާޔަތަށޭ
ކުރާކަންކަން އެހެންމީހުން ލޮލަށް ދައްކާކަށެއް ނޫނޭ
ކުރާ ޢަމަލާއި ހެޔޮކަންކަން ކުރާންވީ އޭގެ ނިޢުމަތަށޭ
ބެނދެވި ޝައިޠާނު ވަކިތަކުގައި ނުހުރެ މީހާ އެނބުރިދާންވީ
އަނދިރި ޣާފިލްކަމުން އަލިކަން މިތާ ދެއްކެވި ރިސާލަތަށޭ
ނުހައްޤުން އެއްމެ ރެވިއޮއްޓަރު ފުކެއްވެސް ލައިފި ނަމަ ގޮހޮރަށް
އުހަށް އުފުލޭ ނަފުސު ވާނީ އެއީ ޖިސްމުގެ މަލާމަތަށޭ
ރަނގަޅު އަޚްލާޤު ދޫކޮށްލައި، ނުބައިގޮތްތައް ހިފާ ހިނދުގައި
އިނގިލި ދިއްކޮށްނުލެވި ދާނީ ޔަޤީން އާދަމުގެ ފިޠުރަތަށޭ
ދެބައި ނުވެ މީސްތަކުން އެއްބައިވެގެން، އުޅުމަށްޓަކައި ބިމުގައި
ތަބާ އެންމެން މި ވާންޖެހެނީ އިލާހީ މާތްވި ހަޟްރަތަށޭ