...

Support Us

ގޯހަކަށް ނުމެވާނެ ބުންޏަސް…

ކޮންމެ ދުވަހަކު އިރުއަރާތޯ ބިން ކުރާހެން އިންތިޒާރު
ކޮންމެ ރެޔަކުމެ ސޫރަ ތިޔަ ދެކިލަން އެދޭ މި ދެލޯ މިހާރު

ތުނި އޮމާން މޫނާއި ފަރިފަރި ހީލުމާ މަސްތީބެލުން
ފެނުނުހިނދު ތިޔަ އަސަރުގައި ޖެހި ވެއްޖެއޭ ހިތް ބޭޤަރާރު

ނަޤުލުވާ އިޝްޤީ މި ބާރާ މާނަ ފުން ޖަޒުބާތުގައި
ވަޤުފުކުރި މި ހިތަށް ލިބޭކަށް ނެތް އަލުން ދެން އިޚުތިޔާރު

ހަނދުއަރާ ދޭ ހަނދުވަރާ ގުޅި ލާމެހޭ އިހުސާސްތަކާ
ހަނދުމައިން މިތުރާގެ އާވާ ލޯތްބަކުން ފޮޅުވައިފި ޒާރު

ވިންދުތައް ރުހި ވަކި ފަރާތެއް ޚާއްސަވީމާ ދެން ވެވޭ
އިންތިހާއީ ލޯތްބަކަށް ނޯންނާނެޔޭ ކަނޑައެޅި ސުމާރު

ގޯހަކަށް ނުމެވާނެ ބުންޏަސް، ތެދުތެދަށް ކަންއޮތްގޮތަށް
ޝޯހުކުރުވާ ތިޔަ އަދާއޭ ގެންނަނީ މޫސުން ބަހާރު

ސަފުސަފަށް އެތުރޭ ހިތުގެ އުފަލާ ގުޅޭ އުންމީދުތައް
އުފުލި އަސަރުން ލޭގެ ހަރަކާތް ވެއްޖެއޭ ވިންދަށް ސަވާރު

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
111
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *