Support Us

ދީނަކީ ހަމައެކަނި އިސްލާމް ދީން

ދީނަކީ ﷲ އަޅަމެން ނަށް އުޅެން އެންގެވި މިދީން
ދީނަކީ ﷲ ޙަޒުރަތު ގައި އެކަނި އިސްލާމް ދީން

ދީނަކައިގެން ކައުމުޙައްމަދު މުޞްޠޮފާ އެ ފޮނުއްވި މާތް،
ދީނަކީ އެ ރަސޫލު ގެންނެވި އެންމެމާތް އިސްލާމް ދީން

"ބަޔަކު ރުޅިއެރިޔަސް މިދީން ގެންނެވި ރަސޫލާ ސުންނަތަށް"
އަބަދު ކިޔަމަންވާން އަޅުންނަށް އެންގެވީ އިސްލާމް ދީން

ދީނަކަށް ދީނުގެ ޙުކުމްފުޅަކަށް އެ މާތް ޤުރްއާނަކަށް،
މީހަކަށް ކުޑަ އުނިކަމެއްވެސް ނުގެނެވޭ އިސްލާމް ދީން

ކީބަޔަކު އަބަދުމެ ކިޔާ ދީނަށް މަލާމާތް ކޮށް ހަދައި،
ވީކަމެއް ދުވަހަކު ނެތޭ މަތިވެރިވަނީ އިސްލާމް ދީން

ބަޑިތަކާއި ބޮމާ މިސައިލުން އަދު މިދިީން ނައްތާލުމަށް،
"ހަޑިތަކެއް އަދި ހޭވިޔަސް" ކުރިއަށްދަނީ އިސްލާމް ދީން

މަގުފުރައްދާ ޖާހިލުން މަގު އޮޅުވުމަށް އެކުރާ ކަމުން
މަގު އޮޅޭ ގޮތަކަށް ހަދައި ނުލެވޭނެ ދީން އިސްލާމް ދީން

"މާކުރިންވެސް އުޅުނު އެ އަބޫޖަހުލު އަދި ފިރްޢައުނު މެން"
ޙާޞިލުވި ނެތް އެއްކަމެއްވެސް ކުރިއެރީ އިސްލާމް ދީން

ރަޙްމަތާ އަދި ދިންނެވުން ހޯދައިދެނީވެސް ހަމަ މިދީން
މަޙްޝަރަށް ދާނދެން އަބަދު ދެމިއޮންނަ ދީން އިސްލާމް ދީން

އަދު މިބިމުގައިވެސް ރަސޫލާ ސުންނަތާ ޤުރްއާނަށާ
ބަދު ބަހެއް ބުންޏަސް އަރައި ވިދަމުން ދަނީ އިސްލާމް ދީން

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *