އަރައިގެން އަންނަނީ އިރު އޭގެ ވާ އަބަދީ ޠަބީޢަތުގައި
އަޅައި އިއުލާނު ކުރަމުން ފިޔަވަޅެއް ދުނިޔޭގެ ހަރުފަތުގައި
ނަމާ އަބުރާ ރިވެތި ހުރިހާ އުސޫލާ އޭގެ ތަޢުރީފާ
ޒަމާނުގެ އަތްތަކުން ވީދައިފިޔޭ ބުނަމުން ހަގީގަތުގައި
ބަނީއާދަމްގެ މަތިވެރިވީ ކަރާމާތާ ޚަޞީލަތްތައް
ވަނީ އިނދަޖެހިފައޭ ބުނަމުން ދެކޭ ހުރިހާ ސިޔާސަތުގައި
ނެތޭ ހައްގުން ލިބޭ ހައްގެއް ނެތޭ ކޮނޑުތަކުގެ ޒިންމާ އެއް
ނެތޭ ނުބެދޭ ދުލެއް ގަލަމުގެ ތުނޑެއް ބުނަމުންނެ ރިޝްވަތުގައި
ރުޅިން ރުޅިމޫނު ދައްކާށޭ މުޅިން މި އުސޫލު ނެތްތާށޭ
އުޅުން ތިޔަ ރީތިކޮށްލާށޭ އަލުން ބުނެ ފެށުނު ފުރުސަތުގައި
އަދަދު ނޭވާގެ ކަނޑައެޅިފައި ވެޔޭ ދުނިޔޭގެ ބިންމައްޗަށް
ޣަދަރުވެރިކަން ކަމެއް ނުފޮޅާނެއޭ ބުނެ އަންނަ ސާޢަތުގައި
އަދާކޮށް އިރުގެ ވާޖިބު ދޯދިތައް ހެކިކޮށް ނިވައިވާނީ
އަދާ އަދި މާދަމާއޭ ބުނެ ހަނދާން ކޮށްދީ ނިހާޔަތުގައި