ކަލާ ޢަމަލު ކުރިގޮތް ނުހަނުވޭމެ ހިތްހަރު
މަލާއޭ ހަނދާންވޭ މަތިން ގައިމު ހިޓިލަރު
ހިތައް ފުން ޒަޚަމް ދިން ނުބައި "ދޫފުޅަށް" ވުރެ
އެތައް ގުނަ މެ ކޮށިވާނެ ހިޓިލަރުގެ ޚަންޖަރު
ފަރަންސޭސް ވިލާތް ފަތަޙަ ކުރިހެންނެ އޭނާ
މަރަން ރޫޚު ނިކުތީ ކަލާ ވަގުތު ދަންވަރު
އަރާ ބޮޑު އެ ރޫސީ ވިލާތް ނެގި ހެނޭ އަދު
ދަރައިލީ ނަޒަރުގައި ކުރީ ޖިސްމު ހައްޔަރު
ނުފޫޒާއި ބާރުން ކުރަން އަޅު ފަޟީހަތް
ކުފޫ ހަމަ ތިބާވީ ފަދައިން ބޮޑު އެ ލަޝްކަރު
އަމާޒަށް ބަޑިން އުންޑަ ޖެހިހެންނެ އޭނާ
ސަމާލުވެ ޖެހީ ޔާރު ހީލަތުގެ ވިދުވަރު
ވެވުނު އަހުދު ސުލްޙައިގެ ރޫޅާލި ފަދައިން
ކަލާ މޫނުގައި ވީ މުނާފިޤުގެ ކުލަވަރު
ލަދެއް ނެތި ކަލާ "ޤަތުލު" ކުރި ހިތްތަކަށް ވުރެ
މަދޭ އަދަދު އޭނާ ލިޔުނު މަރުގެ ދަފުތަރު
އަދާ ތަކުގެ ހޫނާ ކުޅުނަތީ ކަލާ އަތް
ހަދާނޭ ގޮތެއް ނެތި އަޅާ ވީމެ ތަންހަރު
ނެތޭ ވަޙުމު ޝައްކެއް މިކަމުގައި ޔަޤީނުން
ފެތޭހެން ކަލާއީ މި ލޯބީގެ ހިޓިލަރު
