މޫސުން ރަބީޢުގެ ފަރިވަމުން، ތިޔަ ފައިތިލައިގައި ބޮސްދެނީ
ހާސިލް ކަލާ ނުވިޔަސް މިހިތް، ތިޔަ ހިތުތެރޭ ގައިދޭވަނީ
އުދަވާ އިރާ އޮއްސޭ އިރާ، ހަމަ ކޮންމެދުވަހެއް، ހިނދުކޮޅެއް
ވެދުމަށް ކަލާއަށް ހިބަވެވޭ، ތީ އިންތިޒާރޭކުރެވެނީ
ހެކިކޮށް ހަނދާ އަލި ތަރިތަކާ، ކުރިހާ ހުވާއާ ވަޢުދުތައް
ވަކިވާކަށެއް ނެތް މި ހިތަކާ، މި ލެޔާ ކަލާ ގުޅިފައިވަނީ
ކިޔަމަން ކުރަން ހިތް ބޭނުމަސް، ނެތް އިޚްތިޔާރެއް އެކަމުގައި
ދިޔަޔަސް ދުރަށް، ތިޔަ ހަނދުމަތައް، ހިތުގައި އަބަދު އާލާވަނީ
ވާހެން ކަލާ ހީކޮށް މިތާ، ސިހިފައި ފަހަތްބެލިޔަސް ލޮލަށް
ރިހުމާ ތަދާ ވޭނުން މިހިތް، ފަޅުވެއްޖެކަން އަންގައިދެނީ
ތިޔަ ތުންފަތުގެ މަސްތީ ޝަރާބަށް ވިންދުތައް އެދެނީ ރޮމުން
ތިޔަ ޖިސްމުގައި ބީހޭށެ ހިތް، ހަމަ ތާއަބަދު އެދެމުންދަނީ
