Support Us

އާދޭ ލުބާ!

ދަރިފުޅު މަގޭ ފެނުމާއެކީ، ހިތްވަރު އަލުން އާވެއްޖެޔޭ
ފަރިކަން ޚަރީފުވި ދުނިޔެއަށް އަނބުރާ އަލުން ލިބެވިއްޖެޔޭ

މޮޅިވެރިކަމާއި ހިތާމައިން ހިތްކަޅިވެ ކުދިކުދިވީފަހުން
މޮޅިތައް ފިލައިގެންގޮސް ޙަޔާތް އާފެށުމަކުން ފެއްޓިއްޖެޔޭ

ދަރިފުޅުގެ އަތްފައި ތެޅުވުމާ ސަބަބެއް ނުވާ އަޑުލެއްވުމާ
ދިރިހުރިކަމުގެ އިހުސާސް ތަކެއް ބައްޕަގެ ހިތަށް ކުރުވާދެޔޭ

ދުނިޔޭގެ މާއްދީ ވޭންތަކާ އަނިޔާގެ ހިތި ކެކުޅުންތަކާ
ދޫނީގެ އެންމެ އަދާއަކުން ބައްޕަގެ ހިތުން ފިލުވާދެޔޭ

ތިޔައީ މަގޭ ހެޔޮ ޝުހުރަތޭ ތިޔައީ އިލާހީ ނިޢުމަތޭ
ތިޔައީ އަލަށް އާ ފަތިހެކޭ ހިތްވަރު މަގޭ ގަދަވެއްޖެޔޭ

އާދޭ ލުބާ ބައްޕަގެ އުނގަށް އާދޭ ލުބާ ބައްޕަގެ އުރަށް
އާދޭ ހިތުގެ ވިންދުގެ ތެރަށް ޝައުގުން މިހިތް ތެޅިގެންފިޔޭ

ދަރިފުޅު ފުރާފުރިހަމަވެގެން ފަސްމީރުކުރިރުކަކަށް ވެގެން
ފަރިކަންމަތީ ހުރެ ބޮޑުވެގެން އަންނާނެ ދުވަހެއް އެދެވެޔޭ

އޭރުން އުޖާލާ ތަރިއަކަށް ޢިލްމީ ގޮތުން މޮޅު ކުއްޖަކަށް
މޭރުންވެގެންވާ ފަޚުރަކަށް ހަމަގައިމުވެސް ވެވިދާނެޔޭ

 

ނޯޓު: މިއީ ދަރިފުޅަކާ މެދު ހަމަ ކޮންމެ ބައްޕައެއްގެ ވެސް ޝުޢޫރު ތަކެވެ. ތަފާތަކީ ޅެންވެރި ބައްޕަ އަށް އޭނާގެ ޝުޢޫރުތަކާއި އުންމީދުތައް ބުގިސްކޮށް އަތުރައިލުމުގެ ކުޅަދާނަކަން ލިބިފައިވުމެވެ.

މިއީ އަޅުގަނޑު ހެދި ފުރަތަމަ ދިވެހި ޅެމެވެ.

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *