...

Support Us

ބޮޑާވެ ކިބުރުވެރިވެގަތުމުގެ ނަތީޖާ ވަރަށް ހިތިކޮށް

ރިވާވެގެންވެއެވެ. މީހަކު ޞަފާއާއި މަރްވާއާ ދެމެދު، އަހަކަށް ސަވާރުވެގެން ސަޢްޔު ކުރަމުން ދިޔައެވެ. މީހުންނަށް ގަދަ ބާރު ދައްކަމުން، އޭނާއަށް މަގު ދައްކައި މަގު ތަނަވަސް ކޮށްދިނުމަށް ކުރިމަތީގައި އޭނާގެ އަޅުންނާއި ޣުލާމުން ހަރަކާތްތެރިވެ އުޅުނެވެ.

ފަހެ އެކަމާ އެހެނިހެން މީސްތަކުން ހިތްނުތަނަވަސްވެ އޭނާއަށް ހިތްހަމަނުޖެހުމުގެ ނަޒަރުން ބަލަމުން ގެންދިޔައެވެ. އޭނާއީ އިސްކޮޅުން ދިގު އަދި ފުޅާ ދެލޮލެއްގެ ވެރިއެކެވެ.

އަހަރުތެކެއް ފަހުން ބަޣްދާދުގެ ފާލަމެއް މަތީގައި އޭނާ ސަލާން ޖަހަން އިންދާ ފެނުމުން، އޭނާއާ އެކު ޙައްޖުވި މީހަކަށް ފެނިގެން އޭނާއާ ސުއާލު ކުރިއެވެ.

"ތިބާތީ މިވެނި އެވެނި އަހަރެއްގައި ޙައްޖުވީ މީހެއް ނޫން ހެއްޔެވެ؟ އަދި ތިބާގެ ކުރިމަތީގައި ޣުލާމުންނާއި އަޅުން ތިބާއަށް ޓަކައި ގަދަކަމުން މަގު ތަނަވަސްކޮށްދީ އުޅުނެއް ނޫން ހެެއްޔެވެ؟"

އޭނާ "އާނ" އެކޭ ބުނުމުން އޭނާއަށް ސުއާލުކުރިއެވެ.

"ފަހެ ތިބާ ތި ޙާލާ ކުރިމަތި ކުރުވީ ކޮން ކަމެއް ހެއްޔެވެ؟"

އޭނާ ޖަވާބުގައި ބުންޏެވެ.

"ބޮޑެތި ބޮޑެތި މީހުން އެތަނެއްގައި ހިތްތިރިކޮށް ތަވާޟުޢުވެރިވާ ތަނެއްގައި އަހަރެން ބޮޑާވެ ކިބުރުވެރިވެގަތުމުން، ﷲ سبحانه وتعالى އެތަނެއްގައި ނިކަމެތިންގެ މަޤާމު އުފުލިގެންވާ ތަނެއްގައި އަހަރެން ނިކަމެތި ކުރެއްވީއެވެ."

-التراث الأدبي العربي-

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *