Support Us

ކީރިތި ޤުރްއާނު ބާވައިލެއްވުމުން

ކީރިތި އެމާތް ޤުރްއާނު، ބާވައި ލެއްވުމުން ހަތް އުޑު މަތީން
ވީހިނދު އެހެން ހުރިހާ ފޮތެއް، ވަގުތުން އެކީ މަންސޫޚުވީ

އިސްލާމްދީން އައުމުން އެހެން ދީނެއް ނުވާކަން އެންގެވީ
އިސްލާމުނަށް އޮތް ޢިއްޒަތާ ޤަދަރާ ވަކިން އެ އުފުއްލެވީ

ހުރިހާކަމެއްގެ ހެވާ ނުބައި، ހުރިހާކަމެއްގެ ޙުކުމް ތަކާ،
ފުރިހަމަ ވެގެން ޤުރުއާނުގައި، މިބިމަށް އެބާވައި ލެއްވެވީ

މަތިވެރި އިލާހީ ޙަަޟްރަތުން މިބިމަށް ފޮނުއްވެވިހައި ނަބީން،
މަތިވެރި މުޙައްމަދު މުޞްޠަފާ އަށްފަހު ނަބީކަން ޚަތިމްވީ

މަތިވެރި ނަމާދާ ރޯދަޔާ މަރިވެރި ޒަކާތާ ޙައްޖު ވުން
މަތިވެރި މިފަދަ ހުރިހާ ކަމެއް ޤުރްއާނުގައި ސާބިތު އެވީ

ނުބަޔާ ހެވާ ވަކިވާގޮތަށް، ހެޔޮނޫން ކަމެއް ނުކުރާ ގޮތަށް،
ހުރިހާ ކަމެއް، ޤުރްއާނުގައި، ކަނޑައެޅި އެކަން ކަން އެންގެވީ

މަތިވެރިވި ޤުރްއާނަށް ވުރެން މަތިވެރި "ދިމަޤްރާޠީ އަކާ"
މަތިވެރިވި "ހިޔުމަން ރައިޓަކާ" ނުހެދޭނެކަން ކަށަވަރު އެވީ

އެޑްރެސް ޖަހައިގެން އެކި ނަމުން ނުލަފާ ޔަހޫދީންނާ އެކީ
ޓެގްތައް އަޅައިގެން މުސްލިމުން ނަމުގައި އުޅުން ވެސް "ބަންދުވީ"

އިސްލާމްދީން ނޫނީ އެހެން ދީނެއް ނުވާކަން ދަންނައިރު،
އިސްލާމް ދީން ދެމެހެއްޓުމަށް ސާބިތުވެ ތިބެ "ތެދުވާށެވީ"

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *