މަރުވުމާއި ދިރުއްވުމާ އަޒަލުގެ ނިޔާފުޅު އޮތް ގޮތުން
އަބަދުވެސް ހިނގަމުން މިކަންކަން ދާނެޔޭ "ޤާނޫނަކުން"
ތަޚުތުގައި ލޯބީގެ ވަޑުވައި ދެއްވިނަމަ ހެޔޮފުޅު ކަމުން
އަހުރެނަށް މި ޙަޔާތުގައި ހިތް ހަމަޖެހޭނެ އުފާ ތަކުން
އަބަދުވެސް ތިޔަނޫން ޚިޔާލެއް މިހިތުގައި ނުމެވާކަމުން
މަދަދު ހޯދަން އެދެވެނީ ތިޔަ ފައިންޕުޅަށްވެސް ބޮސްދެމުން
ހަނދު އަރާތަން ފެންނަނީ ލޯބީގެ ފަރުދާ ކެހިލުމުން
މަޑުމަޑުން ވިނަތަކުގެ މައްޗަށް އަލި އެޅޭހެން ހީވުމުން
ފަހުމުވާނެ ޢިބާރަތުން ބުނެދީ "ރަނުން އުއްތާ ދެމުން"
ކަރުނައިން މި ފަސާޚު ތެމި ފޯވީ ހަނދާންތައް އާވުމުން
މަޑުމަޑުން ވިންދެއް ޖަހާއެބަ! ޝައުޤުވެރިކަން އުފެދުމުން
ގަނޑުވަރެއްގެ މަސަންދުގައި ހެންވެސް ޚިޔާލަށް ހީވުމުން
މަރުވިޔަސް ބޭނުންވަނީ ތިޔަ ޤަބުރު ކައިރީގައި އޮތުން
ރަޙުމުކޮށް ފިރުމައި ދެމުން މާޒީ ހަނދާންކޮށް ރޮއެ ހެދުން
