ކީއްކުރަންހޭ އޭރުކުރި ހުރިހާ ކަމެއް ކުރިގޮތް ބަލަންވީ
ކީއްކުރަންހޭ ކޮންމެހެން އެކަމެއް އެކުރި ގޮތަކަށް ކުރަންވީ
އޭރު ކުރިގޮތް ކަމުނުދާތީ ރަނގަޅުކޮށްދޭން ވައުދުކޮށް،
އޭގެފަހުގައި އައިބަޔަކު "ބަހަނާ ނުދައްކާ" ކަން ކުރަންވީ
ކޮންމެ މީހަކު އަންނަނީ މާމޮޅު އެޖެންޑާއެއް ހިފައިގެން،
ކޮންމެހެން ދެން ކީއްކުރަންބާ! އޭރުކުރި ކަމަކަށް ހަދަންވީ
ކޮންމެ ވެރިޔަކުވެސް މިދެކެނީ ރައްޔިތުން މޮޔައިން ކަމަށް،
"ކޮންމެވެސް މޮޅު ހުވަފެނެއް ދައްކައި އެއިން ފައިދާ ނަގަންވީ"
އަބަދުވެސް ނިކަމެތި ފަގީރުން މިތިބެނީ ނިކަމެތިވެފައި،
ޤަދަރުވެރި ޢިއްޒަތް ތެރީން "ބޭނުންކަމެއް ގައުމުން ކުރަންވީ"
"މާދަމާއެއް އިއްޔެ އެއް މިއަދެއް" ކިޔާކަށް ނެތް ތަނެއް،
ތާއަބަދުވެސް މިފަދަ ޙާލެއް ރައްޔިތުން ބަރުދާސް ކުރަންވީ
"ބާރުލިބި ފައިހަރުވެ ބިމުގައި މުށުތެރޭ ރަނގަޅަށް ވުމުން"
"ޕާލަމެންޓާ ޖުޑިޝަރީވެސް ތައްގަނޑަށް ވިރުވާ އަޅަންވީ"
"ޖަންގަލީ ގާނޫނު ހިންގައިގެން އެދޭ ކަންކަން ކުރަން"
"މަންމަ ކަރު ފައްޓަރުބަޔާ އެކު" ރަހުނުކޮށް ވިއްކާ ހަދަންވީ
މާދަމާ ގައުމަށް އުފަންވާ ކާފަ، މާމަ، ދަރީންގެ ޙާލަށް،
"ކާފަމެން ވިސްނައިނުލައި އެދަރީން މިތާ އަޅުވެތި ކުރަންވީ"
ރީތިކޮށް ހޭލައި މިގައުމުގެ ރައްޔިތުން ނުނިދާ ތިބެންވީ،
ނީލަމުން ވިއްކާ އަގެއް ދީފައި، ޤައުމު އަނބުރައި ނަގަންވީ
