އިވުމުން ޖަވާބު މިތުރާ ހުސްވީ މަގޭ ޚަބަރު
ނިވުނޭ އެކީ ހަޔާތުން އަލިކަން ވެކަނި ބިގަރު
ޢުމުޤަށް ވެ ހިތުގެ ސީދާ ހަމަލައިން އަމާޒު ވީ
އުމުރަށްޓަކައި އެލިއްޖޭ ނިކަމެތި އަޅާގެ ކަރު
އިއްވާލި ކޮންމެ ލަފުޒެއް ނިޔަނެތި އަޑުން ކަލާ
ރިއްސާ ޟައީފު ހިތުގައި ހާކައިފި ވިހަ ޒަހަރު
ބަސް ހުއްޓިފައި ބުދެއްހެން ހައިރާނުގައި ހުރީ
އަސްތާ! ހިތާމަ ތަކުގައި ބެދިގެން އަޅާގެ އަރު
ބަލިކަން މަތީ ވެ ރޫޙާ އުންމީދު ހުލި ވަނީ
އަލިފާނުގައި އަނދާހެން ބާރަށް ނިކަން އެދަރު
ދުނިޔޭގެ ފޮނި އުފާތައް ނެތިގެން ދަނީ މުޅިން
ބުނި ލަފުޒުތައް ވަކިން ހިތި ވީމާ ފަދައިން ހަބަރު
ރުއްސަން ކަލާ ފިކުރުކޮށް ވިސްނުނު ވަރުން އަޅާ
ބުއްދީގެ ހަމަތަކާ އަދި ނިތުގައި ޖެހީ ދަބަރު
ބަރުތީލަ ކުރި ހިތަށް ފައިން އެރުމުން ކަލާ އެރޭ
ކަރުނައިގެ ތިކިތަކުން ފުރި އޮހެނީ ރަވާ ވެބަރު
ދިން ވޭނުގައި ޒަޚަމްވެވި އަނިޔާ ވުމުން ހިތައް
ވިންދާ ފުރާނަ ގެންދަން ރުހެނީ ވުމަށްށެ މަރު