Support Us

ނޫ އުޑުން ހަނދު ވެއްސަނީ…

ނޫނޫ އުޑުން ލޯބި ވެއްސަމުން ރިިހި ހަނދު އުދަވި ހިނދެވެ.

މާ ނޫން ގޮތަކަށް އުފެދޭ މި ނުތަނަވަސްކަމުގައި ބީހޭނެ އަތަކަށް ހިތް ބޭނުންވި ހިނދެވެ.

ރޫރޫ އަޅަމުން މިދާ އިހުސާސްތައް އޮބަހައްޓާނެ ޝުއޫރުތަކަކަށް އިންތިޒާރު ކުރެވުނު ހިނދެވެ.

 

ނަދާތަކުން ފަޒާ ކަޅިވަނީއެވެ.

ބަރާވަމުން ފިނީން ޖައްވު ފޯވަނީއެވެ.

އަރާއުތުރިވަހުން ނަޔާ މަހައްލުގައި ހުވަނދުލެވެނީއެވެ.

ބަޔާންކުރަން ހިތަށް އަރާ ޝުއޫރުތައް ދަތިވަނީއެވެ.

ނޫނޫ އުޑުން ލޯބި ވެއްސަމުން ހަނދު އުދަވި ހިނދެވެ.

 

އުސްއުސް ފަރުބަދަތައް އުޑަށް ބޮސްދެނީއެވެ.

ފެން ބޮވައިގެން ފެނަށް އެދިއެދިވި އުޑު ކަނޑަށް ބޮސްދެނީއެވެ.

ހިމޭންކަމުގެ ވަގުތެއްގައި އޯގާވެރިކަމުގެ ދާނެއްގައި ނިދާލަން ބޭނުންވި ހިނދެވެ.

ސާހިލްތަކަށް ކޯރާއި މޫދުގެ ބާނިތައް ބޮސްދެމުން ދިޔަ ހިނދެވެ.

އުދުހެމުން އެދުހެމުން ދޫނިތައް އައިސް ދޮންދޮން ވެލީގެ ތުނޑިތުނޑިއަށް ތިރިކޮށްލި ހިނދެވެ.

ނޫނޫ އުޑުން ލޯބި ވެއްސަމުން ހަނދު އުދަވި ހިނދެވެ.

 

ފިނިފިނި ރޯޅިތައް އިސްތަށިގަނޑާ ކުޅެނީއެވެ.

ހަނދުގެ ތެތްތެތް ދޯދިތައް ކޯތާފަތް ތެންމަނީއެވެ.

އެދިއެދި ހިތް ނޭވާއެއްގެ ހޫނުކަމަކަށް ބޭނުންވި ހިނދެވެ.

އަތްތިލައެއްގެ މަޑުކަމަކަށް އެދުނު ހިނދެވެ.

ނޫނޫ އުޑުން ލޯބި ވެއްސަމުން ރިހި ހަނދު އުދަވި ހިނދެވެ.

 

ރީތިރީތި މޫސުން ވާރޭގެ ތިކިތައް ދުނިދުންޏަށް އުކަނީއެވެ.

ފަރިފަރި ކުލަތަކުން ޒީނަތްވި ވާރޭން ހިތާއި ހަށިގަނޑު ނަލަވަނީއެވެ.

ތާޒާތާޒާ ފެންވެރުމަކުން ތާޒާވެލަން ބޭނުންވި ހިނދެވެ.

މޫނާ މޫނު ވާހަކަ ދެއްކި ހިނދެވެ.

ލޮލަށް ލޯ މެސެޖު ހިނދެވެ.

ނޫނޫ އުޑުން ލޯބި ވެއްސަމުން ރިހި ހަނދު އުދަވި ހިނދެވެ.

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *