ދިވެހީންގެ މީހަކު މޮޔަވިއަސް ވަދެގަންނަނީ ގޮސް މިސްކިތަށް
ތިބެގެން އިތުރު ގޯނާ ދެނީ މަތިވެރި މުޤައްދަސްވީ ފޮތަށް
މަސްތެއް ވެގެން ހޭދެބަ ވިއަސް ކުރަނީ ނަޖިސް ގޮސް މިސްކިތަށް
ގަސްދެއް ނެތަސް ޖެއްސުން ކުރަން އެނގެނީ އެކަނި ހަމަ މާތްފޮތަށް
ކޮށްފާ އެތައް ގިނަ ކުށްކުށާ ހުއްޓަސް ކުރިން ޢަމަލާ ނުބައި
ދައްކައިފި ނަމަ ބުނެފާނެއޭ ހުސްވެފަ ހުރީއޭ ގޮސް ފަތަށް
ދެން ނޯވެއޭ ކުރެވޭ ކަމެއް އަދަބެއް ދެވޭނޭ ވެސް މަގެއް
ދެން ވެސް އެފަދަ ކުށްތައް ކުރަން މިނިވަން ވެއޭ އާ ފުރުސަތަށް
ގާނޫނުތައް ހުރިނަމަ މިހެން އިސްލާހު ގެންނަން އެބަ ޖެހޭ
ގާނޫނުތައް އަދި ވާން ޖެހޭ ހިޔަލެއް ކަމަށް ވާ ދައުލަތަށް
އުޅެމުން ކުރިން އައި ގޮތް ހިތާ ހަމަނޭވައާ އެކުގާ ހިނގާ
އުޅެވެން ޖެހޭ އަދުވެސް މިތާ މުސްލިމް ދިވެހި ތިބި ރައްޔިތަށް
ވާޖިބު ތިބޭނަމަ ބޮލަރުވައި އާޖިޒް ހިލާ ނުވެ މިކަމުގައި
ލާޒިމު ވެޔޭ ޒިންމާ ނެގުން ވެރިކަމުގެ އެކިއެކި ހައިއަތަށް