ހިތް މިއީވެސް ހާދަހާ މޮޔަ އެއްޗަކީއެ ބައެއް ފަހަރު
ހިތް ކިޔައިގެންފާނެ ކަމަކަށް، ނުދަނެ ހުއްޓާ ކޮށް އަސަރު
ރޮނގު އަޅާ ބޭރަށް ހިތުގެ ނުނުކުމެ ހުރުން މަޖުބޫރުވޭ
އެނގުނު ނަމަވެސް ހިތުގެ ވޭނާ ކެކުޅުމާ އެތަކެއްފަހަރު
ކެތްނުވެވިގެން ހިތްކުރާ އާދޭސް ހިތަށް އޮބެހެއްޓުމަށް
ހިތް އެދޭ އެދުމާއި ދެކޮޅަށް ނެތްމެ ދެއްކޭކަށް އުޒުރު
ރުހި ހިތަށް ފަރުވާއަކަށް، ދައުވަތު ދިނީމާ ރޯޅިވެސް
ކެހިތަކާ އަނިޔާތަކުން ލާނޭ ހިތަށް ހިތިހިތި ޒަހަރު
ޒާރަކުން ފިނިކަން ހިތަށް ލިބުމަށް އަދާ ހިތް ލެނބިލުމުން
ނާރުތައް ބުރިބުރި ވެދާފަދަ، އަސަރު ހިތުގައި ލައިފި ހަރު
ކެތްކުރުން ނޫނީ އެހެން އެއްވެސް ގޮތެއް ނެތުމުން މިތާ
ހިތް ކުރާ އުއްމީދުތައް ދުވަހަކު ވެގެންދާނޭތަ؟ މަރު
