މީޑިޔާ މިނިވަންކުރަން ކެރެނީ ވަރަށް ތެދުވެރި ބައެއް
މީޑިޔާ ސުރްޚީތަކުން ލިޔެވޭނެ ގޯހެއް ނެތް ބައެއް
"ފަސްބަޔާ ފައިކުރިތަކާ ތާހިރުވެފައި ހަޑި ނެތް ބައެއް"
ވައްކަމާ މަކަރާ ކޮރަޕްޝަން ނެތް ރަނގަޅު ތާހިރު ބައެއް
ޢަދުލު އިންސާފާއި ގާނޫނަށް ތަބާވުމަކާ ނުލައި،
ބަދަލު ގައި ޒާތީ ޙަސަދަ ފިލުވައި ނުލާ ފުއްދޭ ބައެއް
ކޮންމެހެން ބޭނުންކަމެއް ބޭނުންގޮތަށް ކޮށްލަން ވުމުން
ކޮންމެހެންވެސް މީޑިޔާ ފައްސައި ދުރަށް ނުނެރޭ ބައެއް
ވެރިކަމުގެ ކެމްޕޭނުގައި ކުރިހާ ވަޢުދުތައް ނުފުދުމުން
ވެރިކަމަށްފަހު މީޑިޔާގައި ލިޔުނަކަސް ވަރިހަމަ ބައެއް
މީޑިޔާއިން ފޯނު ކުރުމުން ފޯނު ނެންގެވުމާ އެކީ
މީޑިޔާއަށް ފޯނު ކޯލުން ވެސް ޖަވާބު ދެވޭ ބައެއް
އެތެރެއާ ބޭރުން ލިބޭހައި ޚަބަރުތައް ހޯދާ ނަގައި
އެކި ޚަބަރުތައް މީޑިޔާއިން ހާމަ ކުރިޔަސް ހެޔޮ ބައެއް
ކުލަޔަކަށް، ޕާޓީއަކަށްވެސް ނުވިކި ހުއްޓަސް މީޑިޔާ،
"ހުރަގެއަށް"ލައި ބަންދު ނުމެކޮށް ގައުމު ހިންގޭފަދަ ބައެއް
ހަޑި ހުތުރު ވެރިކަންކުރާ "ގާނޫނު މުގުރާ" ގައުމުތަކުގާ،
"ރެވި ފުކެއްވެސް" މީޑިޔާ އަށް ދޫނުކޮށް ލާނޭ ބައެއް
މީޑިޔާއަށް "އަތްނުބާނައި" ވެރިކަމެއް ނިންމާލި ދައުރެއް،
މީ މިޤަރުނުގެ ދިވެހި ގައުމުން ނެތް އެފަދަ، ގަޓުހުރި ބައެއް
