މިތާ އޮންނަންޖެހޭ ދީނެއް މިތާ މީހުން ނަކަށް ނޯޅޭނެ
"އެތާ މީހުން" ބުނާ ދީނެއް މިތާ އޮންނާކަށެއް ނުޖެހޭނެ
މިތާ "ގާނޫނަކީ ޤުރްއާން" މިތާ އޮތް ދީނަކީ އިސްލާމް
މިތާ މީހުންނަކީ މުސްލިމް "އެތާ މީހުން"ނަކާ ނުބެހޭނެ
މިތާނގެ ޢަދުލު އިންސާފާ މިތާނގެ ޝަރީޢަތާ ޙުކުމާ
"އެތާ މީހުން" ބެހެންވީމާ މިތާ އޮތް ދީން މިތާ ނޯންނާނެ
މިތާ ގާނޫނު ތައް ހެދުމަށް ތިބޭނީވެސް މިތާ މީހުން،
"އެތާ މީހުން" ބުނާ ގޮތަކަށް މިތާ ގާނޫނު ހަދަން ނުޖެހޭނެ
މިތާ އޮތް ޖުޑިޝަރީ އިޞްލާޙް ކުރާނީ ވެސް މިތާ މީހުން
"އެތާ މީހުން" މިތާ އޮތް ޖުޑިޝަރީއާމެދު ގޮތެއް ނުކިޔޭނެ
މިތާ ޙާލަތު އެ ވަގުތެއް ގައި މިތާތިބި ބަޔަކުނަށް ނޯޅޭނެ،
"އެތާ މީހުން" އައިސް ގެންނެއް މިތާ ޙާލަތު ބަދަލު ނުވެވޭނެ
މިތްވެސް ދައުލަތެއް މިއޮތީ އަމިއްލަ ބަހާއި މިނިވަންކަން
"އެތާ މީހުން" މިތާ ދަފްތަރު ތަކަށް ގިނަވާކަށެއް ނުޖެހޭނެ
މިތާނގެ ޝަރީޢަތާ ޙުކުމާ މިތާ ދީނާ އުޅެންވި ގޮތާ
މިތާ މިޢަމަލު ކުރާ ޤުރްއާނުގައި ރަނގަޅަށް އެނގެން އޮންނާނެ

One Response
މިތާ ގާނޫނަކީ قرآن ނަމަ ވަގުން އަތްނުކަޑަނީ ކީއްވެ!