Support Us

ހަތްދިހަ ފަސް މިނިޓްގެ ބާރު

އަސަރުވެރި ތަޤުރީރަކުން އެއްބަޔަކު އުފަލުން ރޮއިފިޔޭ
އަސަރުގަދަކަން ދެކިބަލާ! ދެންތިބި ކަތުން ތެޅިގެންފިޔޭ

ފަންސަހަތްތަރި މިނިޓްވީ ދިގު މަރުޙަބާގެ ޚިޠާބުގައި
އަންތަރީސް ވާފަދަ ޢިބާރާތުން މެސެޖްތައް އޮއްސިޔޭ

އަރިހުގައި ޙާޒިރުވެގެން ތިބި ލޭފަވެތި ހުރިހާ ކަތުން
ބަރިއަކަށް އާޝޯޚުގައި ތިބެ ދަރުސުތައް ގިނަ ހޯދިޔޭ

ފާޅުގައި ކެރިގެން ބަހުގެ ޙަމާލާތަކެއް ފޮނުވައިލުމުން
ވާޅުވީ ކަންފަތްތަކޭ ނަފުސަށް އަސަރު މުޅި ކޮށްފިޔޭ

ސިކުނޑިއާ ހުރިހާ އެހެންޙިއްސަށް އެއައި ގަދަލޮޅުމަކުން
ނުކުރެވޭ ކުރެވޭ ކަމެއް ނޭނގޭ ހިސާބަށް ގޮސްފިޔޭ

މާކުރީން ބާޠިލުވެފައި ޕާސްޕޯޓްތައް ހުއްޓައި އެއަށް
ކާކުތޯ ދަހިވެތި ވެލީ، ހިފެހެއްޓުމަށް ކޯޓަށް ދިޔޭ

އެކި ވެރީން އެކި މަންސަތަކުގައި ކޮސްގޮވާށޭ ދެންފެށީ
ދެކިބަލާ! ޙަސަދައިގެ ގެއްލުން ފާޅުކޮށް ދައްކައިފިޔޭ

މާދުރުން ބޮޑުބޭބެ ވެސް ބުންޏޯ ވަރަށް ފިއްތުން ބޮޑޭ
ނާދެވޭހެން ހުރަގެއަށް ލައިދޭން އަނެއްކާ އެދެފިޔޭ

ސިއްސުވައިލައިފިޔެ އެ ތަޤުރީރުން [އެބޭ] ބޮޑުބޭބެޔާ
ހިއްސުތަކުގެ ނިޒާމުގައި މައްސަލަތަކެއް ޖައްސައިފިޔޭ

ނެތްމެޔޭ ހެޔޮ އެންމެ ލަފުޒެއް ވެސް ކިޔޭކަށް އެއުރެނަށް
ހެތްކަކަށް ފުދިދާނެ އިސްވާރީ ތަފާތެއް ދެއްކިޔޭ

ލަދުގަތަސް އިވެނީ ހަގީގީ ނުކުޅެދުންކަން ވިސްނުމުން
މަދު ދެތިން މީހަކުވެގެން ކޮސްތައް އަނގައިން ތިބެއިއްވިޔޭ

ދަނޑުމަތީގައި ކުރިއަރައި ގޯއްޔަށް ޙަމަލައެއް ނުދެވުމުން
ލަނޑު ދިފާޢުކުރާން އެކީ އެންމެން ދިފާޢަށް ފޭބިޔޭ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
311
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

2 Responses

  1. މުސާރައިގެ ދެބައިކުޅަ އެއްބައި ނަގައިގެން އެކައުންޓުގައި މިލިޔަނުން ޑޮލަރު ހުރުން އެއީ އެއްވެސް ކަމަކަށް ނުވީމާ "ޤަދަރުހުރި" ލިޔުންތެރިންވެސް ކޮސްތަޅާތީ އަންތަރީސްވެ ސޮނިފައިބައްޖެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *