Support Us

ނެތީހޭ

ނުފާޑުގެ ޚަބަރު ނޫން އަޑެއް އަދު ނެތީހޭ
އުފާވެރިކަމެއް މިބިމުގައި ފަހެ ނެތީހޭ

ތަޅައި ވަޅިއަޅައި ކަޓަރު ނެރެ ދަމައިގެން
ފަޅައި ކުދިނުކޮށް ވާގޮތެއް އަދު ނެތީހޭ

ބައެއްފަހަރު މީހުން މަރާ އަޑު އިވޭނޭ
ހައެއްކޮށްލުމެއް މިކަމުގައި ވެސް ނެތީހޭ

އަރައި މިސްކިތަށް ހަޑި ނަޖިސްކޮށް އިހާނާތް
ކުރާ މީހުނަށް ހައްގު އަދަބެއް ނެތީހޭ

ފުރާއަނގަ ހުތުރު އިރު ޖަހާ މުޞްޙަފަށް ކުޅު
ކުރާކަށް މިނޫން ހަޑިކަމެއް ދެން ނެތީހޭ

ފުރައްސާރަ ދީނަށް ކުރާ މީހުނާމެދު
ހުރަސް އަދަބު ވާގޮތް ކިޔެން ވެސް ނެތީހޭ

ހިޔާވަހިތަކުން ޚިދުމަތަށް ޚާއްސަ ކުރެވޭ
ޚިޔާނާތްކުރުން ނޫން ކަމެއް ފަހެ ނެތީހޭ

އަތުން ބޭރު ދިދަތައް ޖަހާއިރު މިބިމުގައި
ކަތުން ތަނުގެ ފުދި ހަނު ނުތިބެ ވާން ނެތީހޭ

ޒިޔާރަތް ތަނަށް ކޮށް އުޅޭ އަންހެނުން ނަށް
ހިމާޔަތުގެ ކަށަވަރު ކަމެއް ވެސް ނެތީހޭ

މަހައި ކޯޓު ތިބި އިރު ކުރާ އިހުތިފާލުން
ޖަހައި ބޭރު ދިދތައް ހަޔާތް ވެސް ނެތީހޭ

ހިމާޔަތުގެ ނަމުގައި ތިމާ ބޮޑުވި ވަޒަނާ
ބިމާ ކަނޑު ނުދޫކޮށް ޖެހެން ފަރު ނެތީހޭ

އެނގެން ހުރި ހަގީގަތް ހިތާ އޮޅުވިދާނޭ
ދޮގެއް ބުނެލުމަށް ޖެހިލުމެއް ވެސް ނެތީހޭ

އަދަބު އޭނައަށް ދީ ގަދަރު މީނައަށްދި
އަދުލުވެރިކަމެއް ހުކުމު ގައި ވެސް ނެތީހޭ

ރިޔާސަތުގެ ނިމުމުން ހިމާޔަތުގެ ދައުރެއް
ނިޔާއިން ޖަލަށް ގޮސް ނުވަދެ ވާން ނެތީހޭ

ނަޖިސްކޮށް ތަޣައްޔަރު މިބިން ކޮށް ހަދާއިރު
ދެޖިންސުން ސަނާ ނޫން ކިޔުން ފަހެ ނެތީހޭ

އަގަލު ކެނޑި ހަޔާތް ކެނޑި ސަރަމު ގެއްލި ނެތިގޮސް
ރަނގަޅު އެއްކަމެއް ވެސް ވަޠަނުގައި ނެތީހޭ

ކިޔާ ނެތް ކޮޅުންލާކަށެއް މިފަދަ ކަންކަން
ޚިޔާލެއް ކުރާ ވެސް ކަތަކު ފަހެ ނެތީހޭ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *