*ރާގު: އިސްބަރީ ދުނިޔަ މެ ކޯއީބި ޝަހާރާ ނަ ހުވާ…
ގިސްލެވޭ ނުކުޅެދި ވާތަން މިދަރީން އަދު ފެނިފާ (2)
ޙިއްސުތަށް އުނިވެ އުޅޭ ޙާލު ލޮލުން ވެސް ދެކެފާ
ގިސްލެވޭ ނުކުޅެދިފާ…
މިއަދު ފާހަގަ މިކުރާ ޚާއްސަ އެހީ ބޭނުންވާ (2)
ނުކުޅެދުންތެރި މިދަރީން ޙާލުމަތިން ހަނދުމަވެފާ (2)
ގިސްލެވޭ ނުކުޅެދިފާ…
ލޯބިވާ ނަފުސު ތަކެއް ނުކުޅެދިވާތީ ފެނިފާ (2)
ލޯބި ލޯބިން ރަޙްމާ ކުލުނުވަނީ ދޭން ޖެހިފާ (2)
ގިސްލެވޭ ނުކުޅެދިފާ…
ގައުމު ޖެހެޔޭ މިދަރީން ޚިދްމަތުގައި ގެންގުޅުމަށް (2)
ގައުމުގާ ނުކުޅެދުނަސް ޙައްޤު އޮތުން ކަނޑައެޅިފާ (2)
ގިސްލެވޭ ނުކުޅެދިފާ…
މުޖްތަމަޢުގައި މިދަރީން ނުކުޅެދިވާ ޙާލަތުގާ (2)
މުޖްތަމައުވެސް މިދަރީންނާއި އަޅާލަން ޖެހިފާ (2)
ގިސްލެވޭ ނުކުޅެދިފާ…
ޔާއިލާހީ މިދަރީންނަށް އެދެނީ ދެއްވެވުމޭ (2)
ޚާލިޤުލް ކައުނުގެ މަތިވެރިވި ނަޞީބާއި ޝިފާ (2)
ގިސްލެވޭ ނުކުޅެދިފާ…
03 ޑިސެންބަރު 2021
