ފަހެ ބާޠިލަށް އޮވެވޭނެތޯ އަތުވެއްޖެ ނަމަ ހައްޤުގެ ނިދާ
ބަހެ، ޢާޠިފީ ޖަޒުބާތުގައި ފަރުދުން ވެދޭ ޖާނުން ފިދާ
ހަމަ ބާޠިލަށް ދެމި އޮވެވެނީ ވަގުތީ ގޮތުން މައުޖޫދުގައި
ހަމަ ރޯޅިފަށް ވެސް އަންގަނީ މިކަމޭ މިއަދު ޖެހެމުން މިދާ
އަތުވެއްޖެ ނަމަ ޙައްޤުގެ ވުޖޫދު ބާޠިލަށް ޖެހެނީ ދުވާން
ކަތުނޭ މިކަން އޮތް ގޮތް މިޔޭ އެ ސޮރަށް އެހިނދު ދޮރުލެއްޕިދާ
ޢަދުލާއި ޙައްޤުން ބޭރުގައި އަނިޔާތަކެއް ބާޠިލު ދިނަސް
އަދު އެންމެނަށް ފެންނާން އޮތީ ޤުރުއާން ކަރީމުގެ މާތް ނިދާ
ޙައްޤަށް ކިތަންމެ ބިރެއް ގަތަސް ޤާއިމުވެގެންވާނީ އެޔޭ
ހައްގަށް އަބަދު ވެސް ފެންނަނީ ބާޠިލު ތެދޭ ތަން އޮއްސިދާ
ވަގުނަށް އަބަދު ވެސް ހީވެޔޭ ދެންވެސް ތިބޭނީ ކަމު ވަގުން
އަގުވެއްޓިގެން ބާޠިލުގެ ދޭ ގޮތުގައި މިހެން ފެނިގެން މިދާ
ޣައްދާރުނާ އަދި ޚާއިނުން ފައިކޭޓް ބޮޑުކޮށް ރިޝްވަތުން
ބައްދާ މަޅީ ތެރެއަށް ކަރޭ ތިބެގެން އެއޮއް މަހަނީ ވިދާ