* ރާގު: ދީރެ ދީރޭ މަޗަލް އޭ ދިލޭ ބޭ ޤަރާރު…
ވީމެ ވީމޭ އަސަރުގައި މަ ދެން ބޭ ޤަރާރު…. ފަރި މޫނާ އޭ؟
ހިތް އެދޭތީ ހިތަށް މީ ލިބޭ ބާރު ބާރު…. ފަރި މޫނާ އޭ!
ވީމެ ވީމޭ އަސަރުގާ މަދެން ބޭޤަރާރު
ޢިޝްޤު ލެއްވީ ތި ލޯބީގެ އުފަލަށް ޓަކާ
ވިންދު ޖަހަނީ މިހިތުގައި ތިބާއަށް ޓަކާ
ޖިސްމު ދިރި ދެމި ހުރީ އިންތިޒާރަށް މިހާރު
ފަރި މޫނާ އޭ!.. ވީމެ ވީމޭ އަސަރުގާ މަދެން ބޭ ގަރާރު
ފަރި މޫނާ އޭ!
ޢިޝްޤު ކުރިއަކު ނުދަންނަން މިހާވަރު ކަމެއް
ޢިޝްޤަކީ ކެތް ނުވާ ވަރުގެ ވޭނެއް ކަމެއް
ޖިސްމު ނެއްޓިއްޖެއޭ އިޚްތިޔާރުން މިހާރު
ފަރި މޫނާ އޭ!.. ވީމެ ވީމޭ އަސަރުގާ މަދެން ބޭ ގަރާރު
ފަރި މޫނާ އޭ!
ނޭނގެޔޭ ވާނުވާ އެއް މިހާރަކު ދެނެއް
މޭގެ ރިހުމާއި ދިރުމަށް ބަދަލު އައި ގޮތެއް
މީގެ މަސްތުން މި ނޭވާ ލުހިއްޖޭ މިހާރު
ފަރި މޫނާ އޭ!.. ވީމެ ވީމޭ އަސަރުގާ މަދެން ބޭ ގަރާރު
ފަރި މޫނާ އޭ!