...

Support Us

ކޮންމެ ޣީރަތްތެރިއެއްގެ ޚިޔާލީ ޖަވާބު

ހަލާކާ ގެއްލުމާ ގައުމަށް އައީއްޔެއް ނޫނެ ގެނައީއްޔޭ
ބަލާން ތިބެ ވިސްނުމާ އެކުގައި އަމާންކަން ގެއްލުވައިލީއްޔޭ

ވިސަޑުކަން ހިތްތަކަށް ވައްދައި ނިފާޤާ ޙަސަދައާ އެކުގައި
މިސައިލުން ހަމަލަދީ ފިކުރަށް، ފެޔަށް ދީނާއި ޖެއްސީއްޔޭ

ޙިމާޔަތް އަދި ޢިނާޔަތްތައް ދެމުން…ތައުހީނުކުޅަ ކަތުނަށް
"އިމާމުން" ކުޅަ ޓްވީޓުތަކުން…މަލާމާތަށް ގޮވައިލީއްޔޭ

އިލާހީ މާތްވި ދީނަށް ވެސް ކުރާ ތައުހީނު މީހުންނީ
ދުލާ ގަލަމަށް އުޖޫރަދެވޭ ބަޔެއްކަން އާދެ!… އެނގުނީއްޔޭ

ދެރީއްޔޭ ނޫނެ ދެރުވީއްޔޭ ޚިޔާނާތްތެރިވެ… މުޅި ޤައުމަށް
ދަރީންގެ ދަރީންގެ ކުރިމަގުވެސް ނިޔަތްއޮވެ… ގެއްލުވައިލީއްޔޭ

ޚަޒާނާވެސް ނަހަމަ ގޮތުގައި ބަހައި ހުސްކޮށްލި ގޮތް އެނގެޔޭ
މަޖާނެގުމާއި މިތުރުންނަށް……! ދަތުރުފަތުރަށް ތަޅައިލީއްޔޭ

ދިވެހި ޅަދަރީންގެ މުސްތަޤުބަލު އެކީ ބަނަކޮށް އަނދިރިކޮށްލައި
ދިވެހި ޤައުމީ ބަހާތައް ވެސް އެ މީހުން ހަމަ ފުނޑައިލީއްޔޭ

"ޒަމާނުންސުރެ މިތާގައި އޮތް ރިވެތި ހުރިހައި އުސޫލުތަކެއް"
އަމާންކަން ގެއްލިދާނޭހެން ނިޒާމީކޮށް… އުވައިލީއްޔޭ

އުފަން ޤައުމީ ދިވެހި ބިންކަން ފަހެއް އޮތްކަން ނުދެނެ ތިބުމުން
އުފަން ގައުމަށް ޚިޔާނަތްތެރިވާން އެ މީހުން އަގަލު ނެތުނީއްޔޭ

އެތައް ދަހަރެއްގެ މާކުރިޔަށް ވެވުނު ތަދުބީރު ރާވައިގެން
"އަތަށް އެރުމުން" އެކަންތައްތައް މުޅީން ހާސިލުވެ ނިމެނީއްޔޭ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.