ހިއްސުތައް ނޫނޭ މަދެއް! ހިއްސާގެ އަގުތައް މާ ބޮޑީ
ވިއްސަމުން ގަދަ ބާރުތައް ރާވާ ނުބައި ރޭވުން ބޮޑީ
ރޯބަޔަކު ތިބެ ރޮއި ހަދާ އިރު ހީ އުފާކުރަމުން ބަޔަކު
ބޯލަނބައިގެން ބަސް ބުނަން ނުކެރޭ ބަޔަކު އެބަ ތިބި އަޑީ
ވަޅު ނުލެވި އުންމީދުތައް ފަރު އަދު ނުޖެހި ވާހަކަން ނެތޭ
"ބަޅުތަކުގެ" ނަގުލުގެ އަސަރު ގަދައޭ އެ ބާރަށް ވުރެ ކަނޑީ
ހަމަލަތައް އޮހުނަސް މަތިންނާ ވަށަވަށައިގެން ތިރިތިރިން
ޖަމަލު އަހުގައި އަރަބި ބާރުގެ ބާރުތައް ތިބިލެއް މަޑީ
ހައްގުތައް ނިގުޅައިގަތަސް ޣައްޒާ އަނދައި އަދު ހުލިވިޔަސް
ހައްގު މަގުގައި ބަސް ބުނަން ތިބި ލީޑަރުން މާ ލޮނުމަޑީ
ކޯރުތައް ދެމުނަސް އޮހޮރުވާ ލެއިން ފަލަސްޠީނުގެ ބިމަށް
ފޯރުވަން ރައްދުގެ ހަމަލަތައް އެ ތިބަ މީހުން މާ ރަނޑީ