Support Us

ޖުމްހޫރީދުވަހުގެ ދުޢާ

ރާގު: ތުމް އަޕްނީ ޔާދުބީ ދިލްސޭ ބުލާޖާތޭ ތޮ އައްޗާތާ….

ނަޞީބާ ރަޙްމަތުގެ ވާރޭ މިގައުމަށް ވެއްސަވާ ފާނދޭ
ނަސީބުގެ ގަސްތަކެއް ހެދި ފޯދި މޭވާ ދެއްވަވާ ފާނދޭ

ކަނޑާއި ފަޅާއި، ދަނޑު ރޯދިން ލިބޭ ތަނަވަސްކަމެއް މިތަނަށް (2)
ކަލާނގެ މިދެއްވަވާ ރިޒުގުން ލިބޭ ފައިދާގެ މަންފާޔާ
އަމާނާތްތެރި ބައެއްގެ އަތަށް، މިގައުމުން ދެއްވަވާ ފާނދޭ
ނަސީބާ ރަޙްމަތުގެ ވާރޭ މިގައުމަށް ވެއްސަވާފާނދޭ

ސަލާމަތް ބުއްދިޔެއް ހުރެގެން އަސާސެއް ދީނުގައި އެނގިގެން (2)
ސަލާމަތް ރައްޔިތުން ކޮށްގެން މިތާ ވެރިކަންކުރާ ގޮތުގައި
އަމާނާތްތެރި ދެފުށް ސީދާ ވެރީން ﷲ ދެއްވާނދޭ
ނަޞީބާ ރަޙްމަތުގެ ވާރޭ މިގައުމަށް ވެއްސަވާފާނދޭ

ވަފާތެރި ހެޔޮއެދޭ ޢިއްޒަތްތެރީންގެ މަޤާމުގައި ތިބެގެން (2)
ހަލާކުވެގެން ނުދާ އީމާންކަމެއް ﷲ ދެއްވައިގެން
ސަލާމަތް ބުއްދިޔެއް އަޅަމެން، ވެރީންނަށް ދެއްވަވާފާނދޭ
ނަސީބާ ރަޙްމަތުގެ ވާރޭ މިގައުމަށް ވެއްސަވާފާނދޭ

ޔަހޫދީ ރޭވުމާ މަކަރުން މި މަތިވެރި ދީން ފަސާދަކުރަން (2)
ޔަހޫދީން ދޭ އެހީ ބޭނުން ނުކޮށް އުޅެވޭނެހެން އަޅަމެން
ޔަހޫދީން ނަށްވުރެން މުއްސަނދިކަމެއް ﷲ ދެއްވާނދޭ
ނަޞީބާ ރަޙްމަތުގެ ވާރޭ މިގައުމަށް ވެއްސަވާފާނދޭ

ފަސާދަތަކާއި ފިތުނަތަކުން އަވާމެދުރުގެ ކުލަ ފެނުމުން (2)
ހަލާކުވެގެން ނުދާ ގޮތަކުން މިދީނުގެމާތް ހިދާޔަތުގައި
ސަލާމަތް ބުއްދިޔެއް އަޅަމެން، ވެރީންނަށް ދެއްވަވާފާނދޭ
ނަޞީބާ ރަޙްމަތުގެ ވާރޭ މިގައުމަށް ވެއްސަވާފާނދޭ

މިދީނުގެ މާތް ރިސާލަތުގައި މިއަޅަމެން ތިބި ޢަޤީދާގައި (2)
މިގައުމުގެ ޢިއްޒަތާ ޤަދަރާ މިބިމުގައި ކުރިއަރާގޮތުގައި
މިގައުމުގެ ޙާކިމުންނާ ޢާލިމުންނަށް ނަޞްރު ދެއްވާނދޭ
ނަޞީބާ ރަޙްމަތުގެ ވާރޭ މިގައުމަށް ވެއްސަވާފާނދޭ

ތަފާތުއެތައް އެތައް ކަމަކުން ތަފާތު ޚިޔާލު ބަދަލުވުމުން (2)
ވަފާތެރި އެކުވެރީންގެ ނަމުން ސަމާސާކޮށް އެކީ އުޅެމުން
ތަފާތު ޚިޔާލުގައި ބައިބައިވުމުގެ ފުރްޞަތު ނުދެއްވާނދޭ
ނަޞީބާ ރަޙްމަތުގެ ވާރޭ މިގައުމަށް ވެއްސަވާފާނދޭ

މިގައުމުގެ ރައްޔިތުންނާ އަދި ވެރީންނާ ޢާލިމުން ގުޅިގެން (2)
މިމަތިވެރި ދީނުގައި ސާބިތުވުމުގެ އީމާނުގައި ތިބެގެން
މިދީނަށް ނަޞްރު ހޯދައިދޭން، ޖިހާދުގެ ބާރުދެއްވާނދޭ
ނަޞީބާ ރަޙްމަތުގެ ވާރޭ މިގައުމަށް ވެއްސަވާފާނދޭ

މި ދީނުގެ މާތް ރިސާލަތުގައި މި އަޅަމެން ތިބި ޢަޤީދާގައި (2)
މިގައުމުގެ ޢިއްޒަތާ ޝަރަފާ މިބިމުގައި ކުރިއަރާ ގޮތުގައި
މިގައުމުގެ ޢާލިމުންނާ ރައްޔިތުން ސާބިތު ކުރައްވާނދޭ
ނަޞީބާ ރަޙްމަތުގެ ވާރޭ މިގައުމަށް ވެއްސަވާފާނދޭ

ނުބައިމީހުން ނުބައި ޢަމަލުން، ނުބައިގޮތުގައި އުޅޭއުޅުމުން (2)
ނުބައި ކުފުރުގެ އެތައް ކަމަކުން ނުބައިވީ އަމުރު މަޢުރޫފުން،
ނުބައި ކޯފާޔަކުން އަޅަމެން ގައުމު ރައްކާ ކުރައްވާނދޭ
ނަސީބާ ރަޙްމަތުގެ ވާރޭ މިގައުމަށް ވެއްސަވާފާނދޭ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *