Support Us

ސޫފިޔާނާ ޚިޔާލެއް: މާތް ރަސްކަލާނގެ ރަހުމަތްފުޅުގެ ތަނަވަސްކަން

ހިޖުރައިން ދެ ވަނަ ގަރުނުގައި އުޅުއްވި ސާލިހޭ ކިޔުނު ވަލީވެރި ބޭކަލަކު އެކަލޭގެފާނުންގެ ދަރިވަރުންނަށް އުނގަންނަވައިދެއްވައި، އިރުޝާދުދެއްވަމުން ވިދާޅުވިއެވެ. އަޅުކަމާއި ހެޔޮ އަމަލުކުރުންމަތީ ދެމިތިބެ، ތިޔަ ކުދިން މާތް ރަސްކަލާނގެ ކިބަފުޅަށް ދުއާކޮށް، ހުއްޓާނުލައި އެކަލާނގެ ރަހުމަތުގެ ދޮރުކޮޅުގައި ޓަކިޖަހަމުން ގެންދާށެވެ. އެއްވެސް ޝައްކެއް ނެތެވެ! އެކަލާނގެ ރަހުމަތުގެ ދޮރުކޮޅު އެކަލާނގެ ރަހުމަތަށް އެދޭ އަޅުތަކުންނަށް ހުޅުވާލެވޭނެއެވެ."

ދެން، ހަމަ އެ ދުވަސްވަރުގެ ސޫފިޔާނާ ވަލީވެރި އަޅުވެރި ބޭކަނބަލެއް ކަމުގައިވާ ރާބިޢާ އަލްޢަދަވިއްޔާއަށް، މިވާހަކަ އިވިވަޑައިގެން ވިދާޅުވިއެވެ. "އޭ ސާލިހު އެވެ! މާތްރަސްކަލާނގެ ރަހުމަތުގެ ދޮރުކޮޅު ހުޅުވޭ ވާހަކަ ތިޔަ ވިދާޅުވަނީ، އެ ދޮރުކޮޅު، އެކަލާނގެއަށް އެދޭ އަޅުތަކުންނަށް ބަންދުކުރެވުނީ، އަޅެ ކޮން އިރެއްގައި ކަމަށް ވީމަ ހެއްޔެވެ؟"

އާދެ، މާތް ރަސްކަލާނގެ ރަހުމަތުގެ ދޮރުކޮޅު ހުންނަނީ އަބަދުވެސް ހުޅުވިފައެވެ. އެކަލާނގެ އަމިއްލަ ޒާތުފުޅު އެކަލާނގެ ސިފަކުރައްވަނީ މިފަދައިންނެވެ. وَرَحْمَتِى وَسِعَتْ كُلَّ شَيْءٍ ތިމަން ރަސްކަލާނގެ ރަހުމަތްފުޅު ހުރިހާ އެއްޗަކަށް ވެސް ތަނަވަސްވެ، (ފުދެ)އެވެ." އަދި، ތަގުވާވެރިވެ، ހެޔޮ އަމަލުކޮށް، އެކަލާނގެ ރަހުމަތަށް އެދޭ އަޅުތަކުންނަށް އެ ރަހުމަތުގެ ދޮރުކޮޅު އަބަދުވެސް ހުންނަނީ ހުޅުވިފައެވެ. މުއުމިނު އަޅުތަކުންނަށް މިކަން ހަނދާންކޮށްދިނުމުގެ ގޮތުން ކަންކަން ފެށުމުގެ ކުރިން، ބިސްމި ކިޔުމަށް އިރުޝާދު ދެވިފައި އޮވެއެވެ. އެކަލާނގެއީ الرحمن الرحيم ކަން ހަނދާންކޮށްދިނުމުގެ ގޮތުންނެވެ. އާދެ، ރަހުމަތްވަންތަ، ރަހީމު، އޯގާވަންތަ، އޯގާތެރި، ރަސްކަލާނގެކަން، އެބަހީ ވޮޑިގެންވުމުގައި ވެސް ރަހުމަތުގެ ސިފަފުޅު ލިބިވޮޑިގެންވާ، އަދި، އަފްއާލުފުޅުތަކުގައި ވެސް، މިންވަރުފުޅުކުރައްވައި، ކަންކަންކުރެއްވުމުގައި ވެސް، އޯގާވެރި ރަސްކަލާނގެކަން ހަނދާން ކޮށްދިނުމުގެ ގޮތުންނެވެ. އެކަން ހަނދުމަކޮށް، ހަޔާތުގެ ދަތުރު، ހިތް ނުރެހޭ މިސްރާބަކަށް ދަރުތުކުރުމުން، އެކަމާ މާޔޫސް ނުވެ، އެކަލާނގެ ރަހުމަތަށް އެދިއެދި ތިބުމަށްޓަކައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *