އިރަށް ފޯރާނެޔޭ ހީކޮށް، ބިރެއްނެތި އަތް އުކާން ވާނެތަ
އިރަން ދުނިޔޭގެ ސޮފުހާތައް ކިޔާފައި، ވަކިދަމަންވާނެތަ
ކުރާ އުންމީދު ކަންކަމުގައި، ނުވާ ހާސިލު އެކަންކަމުގައި
ފުރާނަ ދެވޭ ވަރަށް އެކަމާ ހިފާ އޮޅުލައި އުޅެންވާނެތަ
ދިމާވާ ބަދުނަސީބާމެދު، ހިތާމައިގާ ކުރާ އަސަރުން
ދަމާ ޝަކުވާގެ ފަތިވަރުގައި ބެރެކި ރައިވަރު ކިޔަން ވާނެތަ
ބަލައިގެން ހުއްޓަ ލައްވައިލީ، މުސީބާތާއި ތޫފާނާ
ގަޟާގަދަރާއި މަތިކޮށްގެން އަރައި އެނދުގައި ނިދަންވާނެތަ
ކިޔާ ވާހަކަ ދެކޮޅުނުޖެހޭ ހިސާބުންދާ ކަމެއްގެތެރޭ
ހިޔާލާ ބުއްދިޔަށް ފޯރާ ވަރަށްވުރެ ފުންކުރަންވާނެތަ
ކުރައްވާ އިމްތިހާނެއް މީ، އެޅޭ ޒިންމާ ތަކާ އެކުގައި
ތުރާ ދުނިޔޭގެ އުފުލައިގެން އުޅެން ޝަކުވާ ކުރަންވާނެތަ
