Support Us

ޖަވާބު ނެތް ސުވާލުތަކެއް

ރަހާ ރަސްކަމުގެ ތަޚުތު އުވައި، ޙަދާޘަތު ޤައުމަކަށް އައުމުން
ގަހާޔަށް ހުއްޓި ނުގުޑާހޭ، މުސާވަތްތެރިކަމުގެ ސަމުގާ؟

ކޮހާ މޮޔަޔާ ދެބެންނަށް ދިން، އުނދޯލި ސަފުން އެއިރު ހެއްލަން
ޅޮހާ މަގުލާ މިއަދު ވޭހޭ، ނިކަން ވަރުހުރި ލަކުޑި ކަމުގައި؟

ވަހާ ރަހަމީރު ޝަރުބަތުފޮދު، ޗަރަންގީނާ އެއިރުގެ މަގުން
ކިހާވަރަކަށް ބެލީމާހޭ، ނުފެނި އެދަނީ މި މަސްރަޙުގައި؟

އަނހާ ރައިވެރިޔަކަށް ފަނޑިޔާރު ނުދިނަސް އެއިރު އިންޞާފުން
މިހާރު ޖަމީޢު ހަމަވޭހޭ، ޢަދުލު އިންޞާފު ހަލިމަގުގައި؟

ޝަޙާޛަށް ގޮތް، ޖަނަށްމަހު ގޮތް، ފެނުނު މާޒީގެ އިންޞާފުން
ދަހާ ކަރަބާއި ހަމަވޭހޭ، މިއަދު ރިޝްވަތު ހިނގާ މަގުގައި؟

ކަހާތަން ނުހިރުވާ ހަނގުބޭކަލުން އެ ދުވަހު އަޅައިނުލިތަން
އިހާނަތް ވެސް ފޮހެލަދިންހޭ، ތަކުން ސަންކޮމި އެކީ އެކުގައި؟

ބިހާ ކުކުޅާ އެއިރު ކޭ ގޮތް، ބޮޑުން ގާތަށް ލަފައިލައިގެން
އިހާ މިއަދާ ފަރަޤުވޭހޭ، ކެއުން ބަންޑާރަ ބޮޑުކޭމުން؟

ޖަހާލަތު ވެސް، ރަޝާވަތު ވެސް، ފިކުރުކުރިތާ އެއިރު ފޮހެލަން
ބަހާ ޢަމަލާ ދިމާވޭހޭ، ނު އަތުޖެހުނީމަ ކަތި ހުންގާ؟

ޗަހާ ކިސަޑާއި ޖިފުޓިތަކަށް އެއިރު އެޅިގޮތް ހަމަޖު ސޭޓުން…
މަޚާޒިނުތައް ނުއެޅިދޭހޭ، މިއަދު އެ ހަމައިން މިގޭ ދޮށުގައި؟

ފަހާއި އިހާއި އޮޅި، ވާވަދެ، އަނދިރި އައްޔާ ފަރަޤު ނެތުމުން،
މިހައިވަރު ބުނެލިޔަސް ހެޔޮހޭ، "ނެތޭ ބޮނޑިބަތް ފުޅަށްބުޑުގައި!"؟

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
21
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *