ކުރާ ހުރިހާ ރަނގަޅު ކަންތައް މިކުރަނީވެސް "މި ސަރުކާރުން"
ކުރާ ހުރިހާ ނުބައި ކަންތައް ކުރީވެސް ހަމަ "އެ ސަރުކާރުން"
ކޮރަޕްޝަން ނެތް ކަމެއް ކޮށްފާ ހުރީ ވިއްޔާ "މި ސަރުކާރުން"
ކޮރަޕްޝަން ހުރިކަމެއް ކޮށްފާ ހުރީ ވިއްޔާ "އެ ސަރުކާރުން"
ބިނާ ކުރެވޭ ތަރައްގީއެއް ކުރީވެސް ހަމަ "މި ސަރުކާރުން"
ފަނާ ކޮށްލާ ތަރައްގީއެއް ކުރީވިއްޔާ "އެ ސަރުކާރުން"
އެއާޕޯޓާއި ޓާމިނަލާ، އެކީ ބޮޑުކުރި "މި ސަރުކާރުން"
އެއާޕޯޓު ވިއްކައި، ލިބުނު ޑޮލަރު ކެއީ "އެ ސަރުކާރުން"
އަޅާފައި ހުރި ފުލެޓުތައްވެސް އަޅައި ނިންމީ "މި ސަރުކާރުން"
އަޅަން އުޅެ ނޭޅިފައި ހުރިހާ ފުލެޓު އެ ހުރީ" އެ ސަރުކާރުން"
ނުހަނުބިޔަ ހަސްފަތާލުތަކެއް އަޅައި ނިންމީ "މި ސަރުކާރުން"
ކޮތަރު ކޮއްޓެއް އަޅާފައި ކޮތަރުތައް ވެއްދީ "އެ ސަރުކާރުން"
އެތައް ނަލަ މިސްކިތާ މަރުކަޒު، ސްކޫލު، ކޮލެޖު "މި ސަރުކާރުން"
އެތަންތަން ނުހުޅުވައި ލަސްކޮށް ފަނާކުރަނީ "އެ ސަރުކާރުން"
އެތައް ގިނަ ފަޅުތަކެއް ހިއްކައި ރިސޯޓު ހެދީ "މި ސަރުކާރުން"
އެތައް ބަޔަކަށް ނުދީ ހިފަހައްޓަމުންދިޔައީ "އެ ސަރުކާރުން"
މިގައުމުން ފުނިޖަހާފައި ހުރި ޑޮލަރު އެހުރީ "މި ސަރުކާރުން"
މިހުރިހާ ޑޮލަރު ހުސްކޮށް، ގައުމު ކާލީވެސް "އެ ސަރުކާރުން"
ސިވިލްސާވަންޓުނަށް މިނިވަންކަމެއް މިދިނީ "މި ސަރުކާރުން"
ސިވިލްސާވަންޓުނަށް "ބިރުދައްކަނީ" ވެސް ހަމަ "އެ ސަރުކާރުން"
އެތައް އޭކަރުގެ ބިން، އައްޑޫން، ސަލާމަތްކުރި "މި ސަރުކާރުން"
އެތަންތަން "ޕޯޗުގީޒުންނަށް" އެކީ ވިއްކީ "އެ ސަރުކާރުން"
އުތުރު ތިލަފަޅު "އެހެން ބަޔަކަށް" ނުދީ އެ އޮތީ "މި ސަރުކާރުން"
އުތުރު ތިލަފަޅު "ފަރަންޖީންނަށް" ދިނީވެސް ހަމަ "އެ ސަރުކާރުން"
މިތާ އޮޅުދޫކަރައިގެ ސިފައިން ނުބޭތިއްބީ "މި ސަރުކާރުން"
މިތާ ބޭނުންގޮތަށް އެ ސިފައިން އުޅެން އެންގީ "އެ ސަރުކާރުން"
ގައުމު މިނިވަންކަމާއެކު ބާއްވަނީވެސް ހަމަ "މި ސަރުކާރުން"
ގައުމު އަޅުވެތިކުރަން ރާވައި ހެދީވެސް ހަމަ "އެ ސަރުކާރުން"
ނުހަނު ފުދިގެން ގައުމު ހިންގައިދެނީވެސް ހަމަ "މި ސަރުކާރުން"
އަބަދު މީހުންގެ "ތައްޕާހުން" ސަލާން ޖަހަނީ "އެ ސަރުކާރުން"
ދެ ސަރުކާރުގެ ދެމެދުގައި ގައުމު ތާށިވެ "ނޭވަޔެއް ނުލެވޭ"
"އެސަރުކާރޭ! މިސަރުކާރޭ! ގޮވައި ނަގަނީ، މި ސަރުކާރުން"
