ހިދާޔަތުގެ އަލިކަން މި ރަށްތައް ވަށައިލާ
ވިދާލީ ޖަހާލަތުގެ ކަޅުކަން އިރާލާ
ނިދާތައް އިލާހިއްޔަ ކީރިތި ނިޝާނާ
ބިލާހުގެ ތެރޭން ނަފުސު ނެރެދިން ގޮވައިލާ
ދިވެހި ބިންގަނޑަށް ފާވި ބާތިލު އަޤީދާ
ދިވެހި ކަނޑުގެ ރާޅާ އެކީ ދިޔަ އޮޔާލާ
ބަނދެވިފައި ވިއަތްފައި ލޮލާއެކު ޝިރުކުގައި
މަދަދުވެރި ވެދެއްވާ ދިނޭ ވާ މޮހާލާ
އަމާން ކަމުގެ ރޯޅިން ވެދާހެން ހިތަށް ފިނި
އޮމާން ވައި ފަޒާގައި ފެތުރި ދިޔަ ވިހުރިލާ
ރިވެތިވީ ސުލޫކުގެ އެމިސްކީ ޝަޛާއިން
ދިވެހި ޖައްވު އެއްވަސް ވިޔޭ ރޭ ދުވާލާ
ރަބީޢުލް ވިއާޚިރު މަހުން ދޭއް ވިދުވަހުން
ޢަބީރަށް އައީ ނޫރު އަލިކަން ފަވާލާ