ދިވެހި ދީބަށް ޖާހިލިއްޔަތު ވެރިވެފައި ވަނިކޮށް އެތާ
ދިވެހި ޤައުމަށް ވެރިގެންދިޔައީއްޔެ ނޫރާ ރަޙުމަތާ
ބުދުތަކުގެ ކަޅުކަޅު އަޤީދާގައި ވެހީން ވަނިކޮށް އެކީ
ހުދު އަމާން ތައުޙީދު އަލިކޮށްލައިފިޔޭ އެކު ރަޙުމަތާ
ތާޖިރެއް މަޣުރިބުކަރައިން ފުރި ދަތުރުވެރި ސައްޔާޙެކޭ
ވާޖިބީ ދަޢުވަތު ގެނެސް ފަތުރައިލިޔޭ އެކު ހައިބަތާ
ހުށަހެޅުއްވި ހިނދުން އިލާހީ ދަޢުވަތާ މަންފާތަކާ
ފުށަތަކަށް ހަމައެކަކުވެސް ނުމެގޮސް ގުޅިއްޖޭ ދަޢުވަތާ
އޭގެ ފަހުގައި ބިންގަލެއް ޤައުމިއްޔަތުގެ އަސާސުތައް
މޭގެ އެތިކޮޅުގައި ކަނޑައިނެގި ބަނދެވުނޭ މާތް އިޚުވަތާ
މީގެ ނުވަސައްތައިގެ ކުރިއަށް ޖެހިލުމުން މި ހަގީގަތޭ
ދީބުގައި ފެންނާން އޮތީ އެ ފަހުން ކުލުނު ހެޔޮ އުސްވަތާ
ރާއްޖެ އިސްލާމްވީ ދުވަސް ފާޙަގަކުރާ މި ހަނދާނުގައި
ދާއިމަށް މިންވަރުކުރައްވާށިއެ! މި ނޫރާ ވަޙުދަތާ