ރަޙުމުނެތް ޓެރަރިސްޓުނާ އެކު ޢާއިލާ ބައިވެރިވެފާ
އަހުރެމެން ޤައުމުން އެތައް މީހުން މަރައި ހެދި ދުވަހުގާ
ޤައުމުގައި އެހަނދާންތަކެއް ޒިކުރާ ކުރަންވެސް ނުކެރިފާ
ގައުމު ދޫކޮށް ގޮސް އެތައް މިތަނަށް ފިލައި ރައްކާވެފާ
އަދު އޮތީ ގައުމާ ވަޠަން އަޅުވެތި ކަމުން ގޮސް ބެނދެވިފާ
ޤައުމު އަދު ހައިހޫނު ކަމުގައި މިތިބެނީ ދެރަ ޙާލުގާ
ގަހުވަޔާ، ޝަރުބަތު ފޮދާ ހިއްޕެވުމުގައި އެކި ގައުމުގާ
އަދުމިތާ ތިބި ބަލަދުވެރި އެންމެން އެތިބެނީ މޮޔަވެފާ
ފަހުގެ ތާރީޚުގެ ތެރޭންވެސް ޤައުމު ނުދެކޭ ޙާލުގައި
އަހުރެމެން ނިކަމެތިވެ ގެދޮރާ އަދި މުދާވެސް ގެއްލިފާ
ފަހުމު ނުވަނީ ކީއްވެގެންކަން ނޭނގި ގޮސް ޙައިރާން ވެފާ
ޤައުމު އޮރިޔާން ޙާލުގައި "އަދު ޝޯޓުގަނޑު ވެސް ބޭލިފާ"
ބަނޑުފުރައި އަދި މުއްތި ނުވިޔަސް ގައުމުގައި ތިބެވެންއޮތީ
ހަނު ހިމޭން ނޭވާޔަކާ އެކުވެސް ނިދާލަން ތަންމަތީ
އަހުރެމެންނަށް އަހުރެމެން ޤައުމާއިމެދު ބާރެއްނެތީ
ޤައުމުގައި އޮތް "ވަންތަ މިނިވަންކަން" ވަނީ އަދު ގެއްލިފާ
