ރާގު: މުޖެ ދަރުދެ ދިލްކަ ޕަތާ ނަތާ….
ނުހިކޭ ކަރުނަ އެ ހަނދާން ވިޔަސް، އަދިވެސް ލޮލުން ހަމަ އޮއްސެނީ
ނުހިނދޭ އެ ލޭ އޮހުރުނު ބިމަށް އެ ލެއިން ހިތާމޭ ފިއްސަނީ
ދަރިފުޅުގެ ރުއިމުގެ އަޑު އިވޭ ދަރިފުޅުގެ ވޭން އިހުސާސްވޭ
ދަރިފުޅުގެ ގިސްލުންތައް އަބަދު މަންމަގެ ވަށައިގެން ގުގުމަނީ
ނޭވާ ބިމަށް ދޫކޮށްލި ފަހު ދަރިފުޅު މި ވަޠަނުގެ ޙައްޤުގާ
މާވާގެޔާ މަންމަގެ ހިތުން އަބަދަށް ޓަކައި ލެވިލެވިވަނީ
މަންމަން ކުރުވި މަންމަގެ ޖަޒުބު ބައްޕަގެ ފިކުރު ގަނޑުކުރި އެ ދުހު
މަންމަގެ ޙުސައިނުގެ ލޯބިވެތި މޫނޭ އަބަދު ފެނިދެނިވަނީ
ވާދިރި ބައެކެ އެ ޝަހީދުނީ ކަށަވަރު އިލާހީ ބަސްފުޅުން
ލާތަޙްސަބަންނަ އެ އާޔަތުން ހެޔޮ ޚަބަރުތައް ލިބިލިބި ވަނީ
މަންމަގެ ދުޢާތައް ތާއަބަދު ރައްބީގެ ކީރިތިހަޒުރަތަށް
ޖަންނަތުގެ ދަރުބާރުން ހިޔާ ލެއްވުން އަދައި އެދިއެދިވަނީ
#ޝަހީދުޙުސައިންއާދަމްގެހަނދާނުގައި