* ރާގު: ޔާމެރީ މަންޒިލް ބަތާ ޔާ ޒިންދަގީ…
އަދި މިއީ ނަޞްރުގެ ދުވަސް ދެލޮލުން ކަރުނަ ނުހިކޭނެޔޭ (2)
އައިސް އަރައި މީހުން މަރައި ބަޑިޖެހި ހަނދާން އާވާނެޔޭ
އައި މިއީ ނަޞްރުގެ ދުވަސް….
ބޭރު ޓެރަރިސްޓުގެ ޖަމާޢަތަކާ "ދިވެހި ޓެރަރިސްޓުނާ" (2)
ރޭގަނޑުގެ ދަންވަރު އަރައި މެރި ބަޔަކު "މިބިމުން ވާނެޔޭ"
އައި މިއީ ނަޞްރުގެ ދުވަސް….
"ބޮޑު ބެރާ މިޔުޒިކު އަޑުން މުޅި ގައުމު އަދު ގުގުމާލިޔަސް (2)
ބަޑިޖަހައި ބޮން ގޮއްވިއަޑު "މިބިމުން ދެނެއް ނުކެނޑޭނެޔޭ"
އައި މިއީ ނަޞްރުގެ ދުވަސް….
ޙައްގަކާ ނުމެލައި ދިވެހި އޮނަވިހި ދަރީން އެ ޝަހީދުކޮށް (2)
ގަސްތުގައި މުޅި ގައުމު ނިކަމެތި ކުރި ހަނދާން ނުނެތޭނެޔޭ
އައި މިއީ ނަޞްރުގެ ދުވަސް….
އެކަނިވެރި ޙާލެއް ޖެހުނު ހުވަފަތް އަނބީންގެ ހިތާމަޔާ (2)
ބިކަވެ ނިކަމެތިވީ ދަރީންގެ އެ ޙައްޤުވެސް ނުކަނޑާނެޔޭ
އައި މިއީ ނަޞްރުގެ ދުވަސް….
ދިވެހި ގައުމަށް މިފަދަ ޣައްދާރުވި ނުބައި ޖައްލާދުނަށް (2)
ދިވެހި ގައުމުގެ ރައްޔިތުން މާފެއް ހިލައި ނުކުރާނެޔޭ
އައި މިއީ ނަޞްރުގެ ދުވަސް….
ގައުމު އެނުބައި ޚާއިނުންގެ ކިބައިން ނަޖާވީ ނަޞްރުގާ (2)
ޝައުޤުގައި ޖެހި ސަޖިދަޔާ، ކުރި ޝުކުރުވެސް ނުނިމޭނެޔޭ
އައި މިއީ ނަޞްރުގެ ދުވަސް….
