Support Us

ގައުމަށް ޣައްދާރުވުމަކީ…

ދިމާޔަށް ގައުމު ގޮސް އަޅުވެތިކަމުން ވިކި ހުސްވަމުން ދާއިރު
ތިމާމެން ލޯ މަރާލައިގެން ތިބުން ގައުމަށް ވުމޭ "ޣައްދާރު"

ބޮލަށް ވިހުރޭގޮތަށް ފެއްސާ ރަތާއި ހުދުން، ނިޝާން ދައްކާ
ބުދަށް އަޅުކަން ކުރާ ފައްޅީ ތެރޭ އުޅުމުން އެވީ ޣައްދާރު

ދަރީންނާ އަދި، ދަރީންގެ ދަރީން އުޅެންއޮތް ތަން ފަނާވާއިރު،
ދަރީންގެ ސަލާމަތަށް ނޭދޭ ކަމަށް ވާނަމަ، ވަނީ "ޣައްދާރު"

ތަނުގެ ގައުމިއްޔަތާ، މިނިވަންކަމާ، ގެއްލޭ ގޮތަށް ރާވާ،
އަމުރު ތަންފީޒުކޮށް، ދެމެހެއްޓުމީ ގައުމަށް ވެވޭ "ޣައްދާރު"

ކުރާހާ ވައްކަމާ، ހިންގާ ކޮރަޕްޝަން ރައްޔިތުން ޙައްގުން،
ކުރާއިރުވެސް، ކުރާ ތާއީދަކީ، ކަނޑައެޅި ވެވޭ "ޣައްދާރު"

ދޮގާ މަކަރާއި، އޮޅުވާލުން ނުބައިހާ ރޭވުމާ ވައްކަން،
ކުރާކަން އެނގި، އެކީ ބައިވެރިވުމީ ގައުމަށް ވެވޭ "ޣައްދާރު"

މަގާމާ ޢިއްޒަތާ ގަދަރާ މުސާރަ ފުޅާއި، އެލަވަންސާ،
ބަރާބަރުނަމަ ހެވޭ، ގައުމާ ވަޠަން ނެތުނަސް، އެއީ "ޣައްދާރު"

"ސިޔާސީ މީހަކަށް ނުވުމަށް ވަޒީފާ ގެއްލިދާނެ ކަމަށް،
ކިޔާހައި ލަވަޔަކަށް ނަށަމުން މުސާރަ ނެގުން" ވަނީ "ޣައްދާރު"

ދެ ޙާޖީންނާއި ދަންޑަހެލާ ޙުސެން އާދަމްގެ ޒިކުރާޔާ،
ހަނދާން ކުރަމުން، މިއަދު ގައުމަށް ނުވާނޭ ވާކަށެއް "ޣައްދާރު"

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *