"ބައިގަނޑެއް އޮތަކަސް ފަހަތުގައި" ބާރުނެތި ނިމިގެންދިޔާ
"ބައި ބަހަން ނޫޅޭށެ" ހުރިހާ ބާރަކީ މަތިވެރި ނިޔާ
ބައިގަނޑެއް އެކުގައި ގޮވައިގެން އުޅުނުމީހެއް، ފިރްޢައުނު
ބައިމިނެއްޓުތެރޭ ކަނޑަށް ޣަރަޤުވެ، އެބައިގަނޑުނެތި ދިޔާ
މާބޮޑަށް "ފުއްޕާ އުޅުނު" ހާމާނު ފިރްޢައުނުގެ ވަޒީރު،
"މާބޮޑަށް ދުނިޔޭން ފަޟީޙަތްވީ ގޮތެއްގައި" ނެތި ދިޔާ
"ބައިގަނޑެއް ލައިގެން އުޅުނު" ބޮޑު މަހުޖަނެއް ޤާރޫނަކީ،
ހައިބަނޑަށް ހުރެގެން އެ ޙާލުން ދުނިޔެ ދޫކޮށްފާ ދިޔާ
ބައި ބަހައިގެން ބާރުދައްކަން އުޅުނު އެ އަބޫޖަހުލު ވެސް
"ވައިގަނޑެއް އެރިހެން" އެބައިގަނޑުވެސް އެކީ ނެތިގެންދިޔާ
"ދޮލަނގު މާމޮޅަކަށް ހަދައި" ކާންދީ އުޅުނު ޖަދުވާނު ވެސް،
މޮޅުކަމެއް ނޫން ކަން އެކަންކުރި މަގުޞަދުން އެނގިގެންދިޔާ
ހާދަ ގިނަ މިކަހަލަ ބަޔަކު ދުނިޔޭން މިއަދު ނެތިގެންދިޔާ
ހާދަ ގިނަ ގުނަ ޢިބްރަތް ޙާޞިލް ކުރަން މިގޮތަށް ކިޔާ
