އެކި މައްސަލަތަކުގައި ކ. ތުލުސްދޫ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައި ހުރި 176 ދަޅު ބިޔަރު މިއަދު ނައްތާލައިފިއެވެ.
މި ބިޔަރުތައް ނައްތައިލައި ވަނީ ވަޅުގަނޑެއް ކޮނެ، ބިޔަރު ދަޅުތައް ކަނޑައިފައި އެއަށް އޮއްސާލައިގެންނެވެ.
ފުލުހުން ބުނީ ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރާއާއި ބަނގުރާގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުން ކަމަށެވެ.
- ވިދާޅުވުމަށް: ފުލުހުން އަތުލާ ބަނގުރާތައް ނައްތާލާތީ ކުރާ ސުވާލެއް