Support Us

ގުޑުގުޑާ ދޫންޏަށްވުރެންވެސް…

"ގުޑުގުޑާ ދޫންޏަށް ލިބުނު ފަދަވެސް" ޙިމާޔަތް ނުލިބުމުން
ނުރުހުމާއެކު ރޮއެލަ ރޮއެލާ އަދުތިބީ ގިނަ ރައްޔިތުން

ގުޑުގުޑާ ދޫންޏަށް ޙިމާޔަތް އެބަ ދެވޭ "ބަޑި ފޯރިމަރަމުން"
އުދުހިފައި ނުދެވިއްޖެނަމަ ފަރުވާކުރަން އަދި ޑަކުތަރުން

ގުޑުގުޑާ ދޫންޏެއް ހިފީމާ އެންމެ ބޮޑު ކުށަކަށް ވެގެން،
ބޮޑު ޢަދަދަކުން ޖޫރިމަނާ ކުރަރަމުން ދަނީވެސް ރައްޔިތުން

* * * * *

ގައުމުގައި ބަދަލާ ޙިމާޔަތް، ނުލިބި ތިބިހާ ރައްޔިތުން،
ގަނަތެޅޭ އިރުވެސް މިކަން ދެކެލާކަށެއް ނެތް ދައުލަތުން

ގަތުލުކޮށް މަރަމުން މިދާ، ގައުމުގެ އެތައް ފަރުދުންނަކަށް،
ޢަދުލު އިންސާފެއް ނުއެއް، ހޯދައި ދެވޭ ސަރުކާރަކުން

މަރުގެ އެކިއެކި ޙާދިސާތައް ޙައްދު ފަހަނަ އަޅައި ދިޔަސް،
އަދު މިފަދަ އެއްވެސްކަމެއް "ޙައްލެއްނުވޭ" ޤާނުނަކުން

ކުށްކުރާ މީހުން ގެނެސް ބޮޑުގޭޓު ހުޅުވާ ވެއްދުމުން،
"އުންސުރުން އެބަލާ މިނުން މިން ހަމަ ނުވަތީ ދޫކުރުން"
|
ގުޑުގުޑާ ދޫންޏާ، އެހެން "ދީންތަކުގެ މީހުން ކުރިއެރުން"
ޚުދު! މިތާ ފަރުދުންދަނީ ކަންބޮޑުވެ ނޭވާ ހާސްވަމުން

ރައްކަލެއް އަދު ދިވެހި ގައުމުގެ ރައްޔިތުންނަށް ނެތް ކަމޭ،
ދައްކަނީ ރަތްބޮކި ތަކުން އަދު ދިއްލެމުންދާ ސިގުނަލުން"

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *