Support Us

މާތް ނަބިއްޔާގެ ނަސަބުފުޅު

މި އުއްމަތުގެ ނަބިއްޔާ ކީރިތި ރަސޫލާ ﷺ ވަޑައިގަތުމުގެ ސަބަބުން އީމާންކަމުގެ ނޫރުން ދުނިޔެ އުޖާލާވެގެން ދިޔައެވެ. އެކަލޭގެފާނުގެ ސީރަތަކީ ޢާލަމުތަކަށް ވޮށެއްކަމުގައި ވެފައިވާ ޢަމަލީ މަންހަޖެކެވެ.

ތިރީގައި މި ވަނީ ކީރިތި ރަސޫލާ ﷺގެ ނަސަބުފުޅު އައިސްފައިވާ ގޮތެވެ.

އެންމެހައި މީސްތަކުންގެ ބަފައިކަލުން އާދަމް ޢަލައިހިއްސަލާމުގެ ދަރިކޮޅުން ވަޑައިގެންނެވި،
އިދުރީސް ޢަލައިހިއްސަލާމުގެ ދަރިކޮޅުން ވަޑައިގެންނެވި،
ނޫޙު ޢަލައިހިއްސަލާމުގެ ދަރިކޮޅުން ވަޑައިގެންނެވި،
އިބްރާހީމް ޢަލައިހިއްސަލާމުގެ ދަރިކަލުން،
އިސްމާޢީލު ޢަލައިހިއްސަލާމުގެ ދަރިކޮޅުން ވަޑައިގެންނެވި،
ޢަދުނާނުފާނުގެ ދަރިކަލުން،
މަޢައްދުގެފާނުގެ ދަރިކަލުން،
ނިޒާރުގެފާނުގެ ދަރިކަލުން،
މުޟަރުގެފާނުގެ ދަރިކަލުން،
އިލްޔާސްގެފާނުގެ ދަރިކަލުން،
މުދުރިކަތުގެފާނުގެ ދަރިކަލުން،
ޚުޒައިމަތުގެފާނުގެ ދަރިކަލުން،
ކިނާނަތުގެފާނުގެ ދަރިކަލުން،
އައްނަޟިރުގެފާނުގެ ދަރިކަލުން،
މާލިކުގެފާނުގެ ދަރިކަލުން،
ފިހުރުގެފާނުގެ ދަރިކަލުން،
ޣާލިބުގެފާނުގެ ދަރިކަލުން،
ލުއައްޔުގެފާނުގެ ދަރިކަލުން،
ކަޢުބުގެފާނުގެ ދަރިކަލުން،
މުއްރަތުގެފާނުގެ ދަރިކަލުން،
ކިލާބުގެފާނުގެ ދަރިކަލުން،
ޤުޞައްޔުގެފާނުގެ ދަރިކަލުން،
ޢަބްދުމަނާފުގެފާނުގެ ދަރިކަލުން،
ހާޝިމްގެފާނުގެ ދަރިކަލުން،
ޢަބްދުލްމުއްތަލިބުގެފާނުގެ ދަރިކަލުން،
ޢަބްދުﷲގެފާނުގެ ދަރިކަލުން،
ކައުސާހިބާ މުޙައްމަދުއްރަސޫލުﷲ ﷺ  
އަޅުގަނޑުމެން މިއަދު މި ވަސްމީރު ޛިކްރާ އައުކުރާ އިރު އަޅުގަނޑުމެންގެ ހިތަށް ގެންނަންވީ މި ލޮބުވެތި ރަސޫލާގެ އިންސާނީވަންތަކަމާއި އަޚްލާޤުގެ މަތިވެރި ކަމެވެ. އެކަލޭގެފާނުގެ ސީރަތުން ނަމޫނާ ލިބިގަނެގެން، އަޅުގަނޑުމެންގެ އުޅުމާއި ގުޅުން އަލުން ރަނގަޅު ކުރުމަށް ޓަކައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *