Support Us

ރާއްޖެ ކުޅޭ މެޗުތައް ސްޓެލްކޯގެ މާޓީވީގައި އަޅުވަނީ

ސާފް ޗެމްޕިއަންޝިޕްގައި ދިވެހި ގައުމީ ޓީމު ކުޅޭ މެޗުތައް، ސްޓެލްކޯގެ މާޓީވީގައި އަޅުވާ ގޮތަށް ހަމަޖައްސައިފިއެވެ.

ސްޓެލްކޯ އިން ބުނީ، އަމީނީމަގުގައި ހުންނަ މާޓީވީން މެޗުތައް ދައްކަނީ ގައުމީ ރޫހު އަިތުރަށް އާލާކޮށް، ވީހާ ވެސް ގިނަ ބަޔަކަށް ރާއްޖޭގެ މެޗުތައް ބެލޭނެ އިންތިޒާމް ހަމަޖެއްސުމަށް ކަމަށެވެ.

"މިފަދަ ގައުމީ ކޮންމެ ކަމެއްގައި ބައިވެރިވެ، ރައްޔިތުންނަށް ލުއިފަސޭހަކޮށްދިނުމަކީ ސްޓެލްކޯގެ އަބަދުގެވެސް އަމާޒު. އިރާދަކުރެއްވިއްޔާ ތިންވަނަ ފަހަރު މިއީ ކާމިޔާބުގެ ފަހަރަށް ވެގެންދާނެ. އަޅުގަނޑުމެން މިތިބީ ގައުމީ ޓީމާއެކު،" ސްޓެލްކޯ އިން ބުންޏެވެ.

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅޭ ދެ ވަނަ މެޗުގައި މިރޭ 9 ޖަހާއިރު ބައްދަލުކުރާނީ ބަންގްލަދޭޝްއާއެވެ. މުބާރާތުގައި އިތުރަށް ކުރިއަށްދާން ބޭނުން ނަމަ، މިރޭ މެޗުން މޮޅުވުން ނޫން އެހެން ގޮތެއް ރާއްޖެއަކަށް ނެތެވެ.

ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ނޭޕާލް އަތުން ބަލިވުމުން ރާއްޖެ ވަނީ ޕްރެޝަރަށް ވެއްޓިފައެވެ. ބަންގްލަދޭޝް ވަނީ އެއް މެޗުން މޮޅުވެ އަނެއް މެޗުން އެއްވަރުވެގެން ހަތަރު ޕޮއިންޓް ހޯދައިފައެވެ.