Support Us

ސޫފިޔާނާ ޚިޔާލެއް: ބައެއް އަސްހާބު ބޭކަލުން ލޯބިކުރެއްވި ތިން ކަމެއްގެ ވާހަކަ

ފުރަތަމަ ސަހާބީ އަރިހު ދެންނެވުނެވެ. "ކަލޭގެފާނު އެންމެ ލޯބި ކުރައްވަނީ ކޮންކޮން ކަމަކަށްތޯއެވެ؟"

ދެން އެކަލޭގެފާނު ވިދާޅުވިއެވެ. ސަލާމާއި ސަލަވާތް ލެއްވި މާތް ރަސޫލާއަށް ޚަރަދުކުރެއްވުމަށެވެ. އަދި އެކަލޭގެފާނުންގެ އަރިހުގައި ވެވަޑައިގަތުމަށެވެ. އަދި އެކަލޭގެފާނުންގެ މޫނުފުޅަށް ބައްލަވައި ނަޒަރު ހިންގެވުމަށެވެ."

ދެވަނަ ސަހާބީ އަރިހު ދެންނެވުނެވެ. "ކަލޭގެފާނު އެންމެ ލޯބި ކުރައްވަނީ ކޮންކޮން ކަމަކަށްތޯއެވެ؟"

ދެން އެކަލޭގެފާނު ވިދާޅުވިއެވެ. "ހައްގު ގޮތް ދެކެއެވެ. އަދި ހައްގު ބަސް ވިދާޅުވުމަށެވެ. އަދި މުންކަރާތްތައް ނަހީކުރެއްވުމަށެވެ."

ތިންވަނަ ސަހާބީ އަރިހު ދެންނެވުނެވެ. "ކަލޭގެފާނު އެންމެ ލޯބި ކުރައްވަނީ ކޮންކޮން ކަމަކަށްތޯއެވެ؟"

ދެން އެކަލޭގެފާނު ވިދާޅުވިއެވެ. "ފަގީރުންނާއި ނިކަމެތިންނަށް ކާއެއްޗެއް ފޯރުކޮށްދެއްވުމަށެވެ. އަދި މީސްތަކުންނަށް ސަލާން ގޮވައި ސަލާން ގޮވުމުގެ އާދަ ފެތުރުއްވުމަށެވެ. އަދި، މީސްތަކުން ނިދާފައި ތިބޭ އިރު، ދަމު ނަމާދުކުރެއްވުމަށެވެ.

ހަތަރު ވަނަ ސަހާބީ އަރިހު ދެންނެވުނެވެ. "ކަލޭގެފާނު އެންމެ ލޯބި ކުރައްވަނީ ކޮންކޮން ކަމަކަށްތޯއެވެ؟"

ދެން އެކަލޭގެފާނު ވިދާޅުވިއެވެ. "މެހެމާނުދާރީ އަދާކުރެއްވުމަށެވެ. އަދި، ހޫނު މޫސުމުގައި ރޯދަ ހިއްޕެވުމަށެވެ. އަދި، އިސްލާން ދީނުގެ އަދުއްވުން ބަލިކުރައްވައި އިސްލާން ދީނަށް ނަސްރު ދެއްވުމަށެވެ.

ފަސްވަނަ ސަހާބީ އަރިހު ދެންނެވުނެވެ. "ކަލޭގެފާނު އެންމެ ލޯބި ކުރައްވަނީ ކޮންކޮން ކަމަކަށްތޯއެވެ؟"

ދެން އެކަލޭގެފާނު ވިދާޅުވިއެވެ. ބަނޑުހައިވެ ހުންނެވުމަށެވެ. އަދި، ބަލިވެ އުޅުއްވުމަށެވެ. އަދި، އަވަހާރަވުމަށެވެ. ދެން، އެކަލޭގެފާނު އަރިހުގައި ދެންނެވުނެވެ. އެއީ ކީއްވެތޯއެވެ؟ ދެން، ޖަވާބުގައި އެކަލޭގެފާނު ވިދާޅުވިއެވެ. "ބަނޑުހައިވުމުން އަހުރެންގެ ހިތް މަޑުމޮޅިވެދެއެވެ. ބަލިވުމުން އަހުރެންގެ ފާފަތަކަށް އުނިވެގެން ދެއެވެ. މަރުވުމުން، އިރާދަކުރެއްވިއްޔާ އަހުރެންގެ ސާހިބުވަންތަ ރަސްކަލާނގެއާ ބައްދަލުވާނެއެވެ."